އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - ރެޑްވޭވް

ރެޑްވޭވްއިން މޮލްފިކްސް ބްރޭންޑުގެ ނެޕީ ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

  • ޑައިޕާރސް ކަސްޓަމަރުންނަށް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވަރަށް ހާއްސަ އަގުތަކެއްގައި ލިބޭނެ

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 13 ޑިސެންބަރު 2019 | ހުކުރު 22:30 1,951

ރެޑްވޭވްއިން މޮލްފިކްސް ބްރޭންޑުގެ ނެޕީ - ރެޑްވޭވް

ރެޑްވޭވްއިން މޮލްފިކްސް ބްރޭންޑުގެ ނެޕީ ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފިއެވެ.

ރެޑްވޭވުން ތައާރަފް ކޮށްފައިވަނީ މޮލްފިކްސް ބްރޭންޑުގެ ޕޭންޓްސް، ޑައިޕާރސް އަދި ބޭބީ ޑައިޕާރސް އެވެ. މޮލްފިކްސް ބްރޭންޑަކީ ދުނިޔޭގައި ނަންހިނގާ، ރާއްޖޭގެ މާރކެޓުގައި ހުރި އެހެން ބްރޭންޑްތަކާއި ޚިލާފަށް، ސީދާ ޔޫރަޕުން ރާއްޖެއަށް ގެނެސް ވިއްކަމުންދާ، ކޮލިޓީ ނެޕީ ބްރޭންޑެއް ކަމުގައި ރެޑްވޭވުން ބުންޏެވެ.

މިގޮތުން މޮލްފިކްސް ބްރޭންޑްގެ ޑައިޕާރސް އަކީ ތުއްތު ދަރިފުޅުގެ ނާޒުކު ހަންގަނޑާއި އެންމެ އެކަށީގެންވާފަދަ ގޮތަކަށް ފަރުމާ ކުރެވިފައިވާ ނެޕީ އެކެވެ. އެގޮތުން، ނެޕީގައި އެލޯވެރާ އާއި ކެމޮމައިލް އެކުލެވޭ ފަށަލައިގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަންގަނޑު ރަނގަޅު ސިއްހަތެއްގައި ބަހައްޓައިދެއެވެ.

މޮލްފިކްސް ޕޭންޓްސް އަދި ޑައިޕަރގާ ނެޕީ ފޯވިކަން އަންގައިދޭ، ކުލަބަދަލުވާ "ވެޓްނަސް އިންޑިކޭޓާރ" ލައިނެއް ހިމެނެއެވެ. އަދި މިއާއި އެކު މޮލްފިކްސް ޕޭންޓްސްގައި ހިމެނޭ "އެނަޓޯމިކް ފިޓް"ގެ އަދި ޑައިޕާރސްގައި ހިމެނޭ 3ޑީ ޓެކްނޮލޮޖީގެ ސަބަބުން ހަށިގަނޑުގެ ބައްޓަމާއި އެއްގޮތަށް ނެޕީ ދެމި، ހަރުލުމަށް މަގުފަހިވެއެވެ. މީގެ އިތުރުންވެސް، ނެޕީގައިވާ ޑަބަލް ލޭއަރ އަދި ލީކުވުން ހުއްޓުވައިދޭ ބެރިއަރގެ ސަބަބުން ނެޕީ ބޮޑަށްފޯވެ، ލީކުވުންހުއްޓުވައިދެއެވެ. އަދި މި ނެޕީ ތައްޔާރުކުރެވިފައިވަނީ ފަސޭހައިން ލައްވާލެވޭ އަދި ބާލާވެސް ލެވޭ ގޮތަށެވެ.

މޮލްފިކްސް ބްރޭންޑްގެ ޕޭންޓްސް، ޑައިޕާރސް އަދި ބޭބީ ޑައިޕާރސް ކަސްޓަމަރުންނަށް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވަރަށް ހާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށް ރެޑްވޭވުން ބުނެއެވެ.

ރެޑްވޭވުން މޮލްފިކްސް ބްރޭންޑްގެ 6 ސައިޒެއްގެ ޑައިޕާރސް އާއި ޕޭންޓްސް ރާއްޖޭގެ މާރކެޓަށް ތަޢާރަފްކޮށްފައިވެއެވެ.

ރެޑްވޭވުން ބުނީ އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ ބާޒާރަށް ކޮލިޓީ ރަނގަޅު ބުރޭންޑްތަކެއް ހެޔޮއަގުގައި ތައާރަފްކޮށް، "ކޮލިޓީ ބްރޭންޑް އަގުބޮޑުވާނޭ" ކަމުގައިދެކޭ ވިސްނުން ބަދަލުކޮށްލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް