ކ. މާލެ
|
13 ޑިސެންބަރ 2019 | ހުކުރު 22:32
ފޮރިން މިނިސްޓަރު ޝާހިދު ކޮމަންވެލްތްގެ ސެކެރެޓަރީ ޖެނެރަލްއާ އެކު
ފޮރިން މިނިސްޓަރު ޝާހިދު ކޮމަންވެލްތްގެ ސެކެރެޓަރީ ޖެނެރަލްއާ އެކު
ޓްވިޓަރ
ރާއްޖެ ކޮމަންވެލްތާއި ގުޅުން
ކޮމަންވެލްތާއި ގުޅުމުގެ ކަންތައް ލަސްވާތީ ޝާހިދު ކަންބޮޑުވުން ފާޅުކޮށްފި
 
އިންޑިއާއިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި
 
އަންނަ އަހަރު އެސްޖީގެ ސިޓީ ލިބޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި
 
ދެ ފަހަރެއްގެ މަތިން ކަންބޮޑުވުންތައް އެސްޖީއާ ހިއްސާކުރެއްވި

ދިވެހިރާއްޖެއިން ކޮމަންވެލްތާއި ގުޅުމުގެ ކަންތައް ލަސްވާތީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންޑިއާގެ ވެރިރަށް ދިއްލީ އަށް "އިންޑިއާ - މޯލްޑިވްސް ޖޮއިންޓް ކޮމިޝަން"ގެ ބައްދަލުވުމަށް ވަޑައިގެން އުޅުއްވާ ޝާހިދު އެ ގައުމުގެ ނޫހަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، ރާއްޖޭން ކޮމަންވެލްތާއި ގުޅެން ލަސްވާތީ އެކަމާއިމެދު ކަންބޮޑުވާކަމަށެވެ. ފޮރިން މިނިސްޓްރީ ވިދާޅުވީ، ކޮމަންވެލްތާއި ގުޅުމުގެ ކަންތައް ލަސްވާތީ ހުރި ކަންބޮޑުވުންތައް ދެ ފަހަރެއްގެ މަތިން ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ޕެޓްރީޝިއާ ސްކޮޓްލެންޑާއި ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އެކަމަނާވެސް ވިދާޅުވީ، އެކަން އޮންނަ ޕްރެސީޖާގެ ތެރެއިން ގެންދަމުންދާ ކަމަށް
އަބްދުﷲ ޝާހިދު / ފޮރިންގ މިނިސްޓަރ

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރުވަންޑާގައި އޮންނަ ކޮމަންވެލްތްގެ ސަމިޓްގެ ކުރިން ރާއްޖެ ކޮމަންވެލްތާ ގުޅެން ބޭނުންވެއެވެ. މި މަސް ނިމުމުގެ ކުރިން ރާއްޖެ މެމްބަރު ގައުމަކަށްވުމަށް އެއްވެސް ކަހަލަ މައްސަލައެއް އޮތްނަމަ ހުށައަޅަން އެ ޖަމާއަތުން ވަނީ އެދިފައެވެ.

ގަމްބިޔާ ގޮތަށް ރާއްޖެވެސް ކޮމަންވެލްތާއި ގުޅުމުގެ ކަންތައް އަވަސްކޮށްދެއްވާނެ ކަމަށް އެސްޖީ ވިދާޅުވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި، އެސްޖީގެ ސިޓީއެއް އަންނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ލިބިވަޑައިގަންނަވާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖެއިން ކޮމަންވެލްތާއި ގުޅުމުގެ ކަންތައް އަވަސްކޮށްދެއްވުމަށް އިންޑިއާއިން ކޮށްދެއްވި މަސައްކަތަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖެއިން ކޮމަންވެލްތުން ވަކިވެފައިވަނީ އެ ޖަމާޢަތުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމަށް ބުނެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެން އެ ނިންމުން ބަދަލު ކުރައްވާ އަލުން ކޮމަންވެލްތާއި ގުޅުމުގެ ކަންކަން ވަނީ ފައްޓަވާފައެވެ. އެގޮތުން ކޮމަންވެލްތާއި ގުޅެން ނިންމާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި އެފަހުން އަހަރެއް ވެފައިވާ އިރު، ތިން އެސެންމަންޓެއް އެ ޖަމިއްޔާއިން ވަނީ ރާއްޖޭގައި ހަދާފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައިި އަލުން ރާއްޖެ ކޮމަންވެލްތުގެ ފުރިހަމަ މެންބަރަކަށް ވީކަން އިޢުލާން ކުރައްވާނީ އަންނަ ޖޫން މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް