ބުދަ 05 އޯގަސްޓު 2020
08 އަހުލިހަ
1441 ޒުލްޙައްޖު 15
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:34
އިރުއޮއްސޭ 18:22
އިޝާ 19:37
ރެއާލް މެޑްރިޑް

ރެއާލުން ލިވަރޕޫލް ބަލިކުރާނަން: ޒިދާން

  • ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން އޮންނާނީ އަންނަ ހޯމަ ދުވަހު

ކ. މާލެ | 13 ޑިސެންބަރ 2019 | ހުކުރު 19:49 | 6,640

ެރެއާލްގެ ކޯޗު ޒިދާން (ކ) ބޭލް(ވ) - ގެޓީ އިމޭޖާސް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ލިވަރޕޫލް އާއި ދެކޮޅަށް ކުޅެން ޖެހެއްޖިނަމަ ލިވަރޕޫލް ބަލިކުރާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

ނޫސްވެރިންނާއި ބައްދަލުވުމުގައި ވާހަކަދައްކަމުން ޒިދާން ބުނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަރޕޫލާއި ބައްދަލުކުރަން ޖެހިއްޖެނަމަ އެޓީމު ކަޓުވައިލާނެ ކަމަށާއި، އޭނާ އުންމީދު ކުރަނީ ދެވަނަ ބުރުގައި ލިވަރޕޫލް އާއި ބައްދަލު ކުރުމަށް ކަމަށެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ގުރުއަތުން ކޮންމެ ޓީމަކާއި ބައްދަލުކުރަން ވެސް ޖެހިދާނެ ކަމަށް ބުނަމުން ޒިދާން ބުނީ ގުރުއަތުން ކޮންމެ ޓީމަކާއި ބައްދަލުކުރަން ޖެހުނަސް އޭނާގެ ޓީމުން ނިކުންނާނީ އެކަމަށް ތައްޔާރުވެގެން ކަމަށާއި އޭނާގެ ޓާގެޓަކީ މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި ރެއާލް އާއި އެކު ހަތަރުވަނަ ފަހަރަށް އުފުލައިލުން ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. ގުރުއަތުން ދިމާވާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ. އަދި ދެވަނަ ބުރުގައި އެއް ގައުމެއްގެ ދެ ޓީމު ކުޅޭކަށް ނުޖެހޭނެއެވެ.

2018 ވަނަ އަހަރު ޒިދާންގެ ރެއާލް މެޑްރިޑުން ވަނީ ލިވަރޕޫލް ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ތަށި އުފުލައިލާފައެވެ. އޭގެ ފަހުން ދެ ޓީމުގެ މެދުގައި ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.