ކ. މާލެ
|
13 ޑިސެންބަރ 2019 | ހުކުރު 19:25
މި ހިނގާލުމަކީ ނައިބް ރައީސްގެ އިސްނެންގެވުމުގެ މަތިން ގެންދާ ހިނގާލުމެއް
މި ހިނގާލުމަކީ ނައިބް ރައީސްގެ އިސްނެންގެވުމުގެ މަތިން ގެންދާ ހިނގާލުމެއް
ރައީސް އޮފީސް
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން
ނުރައްކާތެރި ހާދިސާތަކަށް މީހުން ހޭލުންތެރިކުރުމުގެ ދެވަނަ ހިނގާލުން ބާއްވައިފި
 
ހިނގާލުން ފެށީ ޝޯޝަލް ސެންޓަރު ކުރިމަތިން
 
ހިނގާލުމުގެ ޝިޔާރަކީ "ފުރާނައިގެ ސަލާމަތައް އަޑު އުފުލަމާ"
 
ހިނގާލުމަކީ ނައިބް ރައީސްގެ އިސްނެންގެވުމުގެ މަތިން ބާއްވާ ހިނގާލުމެއް

ނުރައްކާތެރި ހާދިސާތައް މަދުކުރުމަށްޓަކައި ނައިބް ރައީސް ފައިސަލް ނަސީމް އިސްނަންގަވައިގެން، މަގުމަތީގައި އުޅޭ ކޮންމެ ފަރުދަކަށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ބާއްވަމުން އަންނަ ހިނގާލުމުގެ ދެވަނަ ހިނގާލުން ހުކުރު ދުވަހު ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް ޕޮލިސް ސަރވިސަސް މާލެ ސިޓީ ކައުންސިލް އަދި ދިވެހި ރެޑް ކްރެސެންޓް އަދި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމުގެ މި ހިނގާލުމުގެ ޝިޔާރަކަށް ކަނޑައެޅިފައިވަނީ "ފުރާނައިގެ ސަލާމަތައް އަޑު އުފުލަމާ" ނުވަތަ "Save lives, speak up" އެވެ.

ހުކުރު ދުވަހު ހަވީރު 16:30 އިން 18:30 އަށް ކުރިޔަށް ގެންދިޔަ ހިނގާލުން އިފްތިތާހުކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ. އެ ހިނގާލުން ކުރިއަށް ދިޔައީ ސޯޝަލް ސެންޓަރު ކުރިމަތިން ފެށިގެން ހެންވޭރު ދަނޑާ ހަމައަށެވެ.

މިހިނގާލުން ކުރިއަށް ދިޔަ އިރު މަޖީދީމަގު މާވެޔޮމަގު ޖަންކްޝަންގައި އަދި ހިނގާލުން ނިންމި ސަރަޙައްދުގައި (ހެންވޭރު ދަނޑު ކުރިމަތި) އެކްސިޑެންޓް ސީންއެއް ދައްކާލިއެވެ. އަދި މިފަދަ ހާދިސާއެއް ހިނގައިފިނަމަ ކަންތައް ކުރާނެ ގޮތާއި އެހާދިސާގައި އަނިޔާވާ ފަރާތްތަކަށް ފުރަތަމަ އެހީ ދޭނެގޮތާއި އުފުލާ ގެންގުޅޭނެ ގޮތުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ކުރިއަށް ގެންގޮސްފައިވެ އެވެ.

މިހިނގާލުމުގައި ސަރުކާރުގެ މުއައްސަސާތަކުންނާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުންނާއި ޔޫއެން އެޖެންސީތަކުންނާއި މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަށް ހިމެނޭ ގޮތަށް 300 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް