ކ. މާލެ
|
13 ޑިސެންބަރ 2019 | ހުކުރު 19:08
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން
ޔޫސުފް ސޮފްވާން ރަޝީދު
އިމްރާން އަބްދުﷲ
ޓެރެރިސްޓުންގެ ނުރައްކަލުން ގައުމު ސަލާމަތްކުރަން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަމުންގެންދާނަން: އިމްރާން
 
ރައީސް ސޯލިހް ވަނީ ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފައި

ޓެރެރިސްޓުންގެ ނުރައްކަލުން ދިވެހި ގައުމި ސަލާމަތްކުރަން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް މި ސަރުކާރުން އަޅަމުން ގެންދާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ދިވެހިން މަސައްކަތް ކުރުމަކީ ސަރުކާރުން އަޅައިނުލާ ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ. އަދި ޓެރަރިޒަމްގެ ނުރައްކަލުން ދިވެހި ގައުމު ސަލާމަތްކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ.

ހަގުރާމައިގައި ބައިވެރިވުމަށް ގޮސްހުރި ދިވެއްސަކު ދާދިފަހުން ވަނީ ސީރިއާގައި ހަރަކާތްތެރިވާ މީޑިއާއަކަށް ދިވެހި ބަހުން އިންޓަރވިއު އެއްދީފައެވެ. މި އިންޓަރވިއުގައި އޭނާ ބުނެފައިވަނީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން އޭނާ ސީރިއާ އަށް ދިޔައި ދީނީ ގޮތުން އޭނާގެ މުސްލިމު އަހުންތަކެއް ސީރިއާގައި ގަތުލުވަމުންދާތީ ކަމަށާއި އެހެން ކަމުން އޭނާ ސީރިއާ އަށް ދިޔައީ ހާލުގައި ޖެހިފައިތިބި މީހުން އަށް އެހީވުމަށް ދީން ބާރު އަޅާތީ ކަމަށެވެ.

މީގެއިތުރުން އޭނާ ބުނީ ރާއްޖޭގެ ގާނޫނު އަސާސީގެ މާއްދާތައް ބޭރުގެ މީހުން އާއި ގުޅިގެން ބަދަލުކޮށް ގައުމުގެ ހާލަތު މިއަދު ބަދަލުކޮށްލައިފައިވާ ކަމަށާއި އަދި ރައްޔިތުންގެ ގުޅުމާއި އެކުވެރިކަން މިއަދު ބަދަލުކޮށްލައިފަވާ ކަމަށެވެ. އަދި އިސްލާމް ދީނުގެ ދިފާއުގައި ބަސްބުނާ މީހާ ކުއްވެރި ކުރަމުންދާތަން ފެންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް