އާދީއްތަ 26 ޖެނުއަރީ 2020
8 ހުވަން
1441 ޖުމާދުލް އާހިރަތު 01
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33
ރިޕޯޓު - މަގޭ ރިޕޯޓް

މުއިއްޒުއަށް ފިޔަވަޅު އެޅުން: ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް!

  • ބަޔާން ދެއްވުނީ ކާކަށްކަމެއް އެނގިވަޑައިނުގަންނަވާކަމަށް މުއިއްޒު ވިދާޅުވެފައިވޭ
  • ބަޔާން ބަދަލުކުރެއްވިކަމަށް އިއުތިރާފްވެވަޑައިގެންނެވި

އަބުދުﷲ ނަސީރު އިބްރާހިމް
DeNaseer

ކ. މާލެ 13 ޑިސެންބަރު 2019 | ހުކުރު 18:45 14,444

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު - މުހައްމަދު ޝަރުހާން

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުޤީޤެއް ހިންގަވައިދެއްވުމަށް އެދިވަޑައިގެން ބަންޑާރަނައިބް އިބްރާހިމް ރިފްއަތު، ފުލުހުންގެ އިދަރާއަށް ހުށަހެޅުއްވީ ނިމިގެންދިޔަ ހަފްތާގެ ތެރޭގަ އެވެ. ބަންޑާރަ ނައިބްގެ އޮފީހުން އެދިވަޑައިގެންފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމާއި ދައުލަތުގެ މުވައްޒަފެއްގެ ޙައިޞިއްޔަތުން ލިބިގެންވާ ސިއްރު މަޢުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާކަމާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާ ކަން ނުވަތަ ނޫން ކަން ތަޙްޤީޤުކޮށްދެއްވުމަށެވެ.

ނޫމަޑި މައްސަލާގެ ތަފްސީލްތަކަށް ނުދިޔަނަމަވެސް، މައްސަލާގައި ކުރީގެ މިނިސްޓަރ މުއިއްޒު ކަންކުރައްވާފައިވާގޮތަކީ، މިއަދު ހުރިހާ ރައްޔިތުންނަށްވެސް ފެންނަން ހުރި މަންޒަރުތަކެވެ. ލިބެން ހުރި މައުލޫމާތުތަކެކެވެ. މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވާ އެއްބަސްވުން ބާތިލްކުރެއްވުމަށްފަހު، ނޫމަޑީގެ ފަރާތުން އިންޓަނޭޝަނަލް އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުވުމުން، އޭރު އަމަލުކުރެއްވިގޮތާއި ދިމާ އިދިކޮޅަށް، ދައުލަތާއި ދެކޮޅަށް ބަޔާންދެއްވީ މުއިއްޒު އެވެ.

ނޫމަޑި ކޮޅަށް މައްސަލަ ކާމިޔާބުވުމަށް ހުރިހާ ދޮރުތަކެއް ހުޅުވާލަދީ، ރައްޔިތުންގެ މާލިއްޔަތުން ބޮޑު އަދަދެއް ނޫމަޑިއަށް ލިބޭގޮތަށް މަގުފަހިކޮށްދެއްވި ބޭފުޅަކީ މުއިއްޒު އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ދެއްކެވި ވާހަކަފުޅުވެސް އެކަމުގެ ހެއްކަކަށް ފުދެ އެވެ.

އާބިޓްރޭޝަނަށް ބަޔާން ހުށަހެޅުއްވީ ކޮން ބޭފުޅެއްކަމެއް މުއިއްޒުއަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. މުއިއްޒަށް ބަޔާން ދެއްވީ ކާކަށްކަމެއް މުއިއްޒުއަކަށްވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް ބަޔާން ދެއްވުމަށްފަހު، ބަޔާން ބަދަލުކުރެއްވުމަށް އަމިއްލަފުޅަށް ހުށަހެޅުއްވިކަމަށް މުއިއްޒު ހަމަ އެ މިނެޓުގެ ތެރޭގައި އިއުތިރާފްވެވަޑައިގެންފައިވެސްވެއެވެ. މުއިއްޒު އެފަދައިން ވިދާޅުވުމާއެކު ބަޔާން ބަދަލުކުރެއްވުމަށްފަހު، ބަޔާން ހަވާލުކުރީ ކަކާތޯ މެމްބަރު އިލިޔާސް ލަބީބް ސުވާލުކުރެއްވުމުންވެސް ވިދާޅުވީ އެއީ ކާކުކަންވެސް އެނގިވަޑައިނުގަންނަވާކަމަށެވެ.

މިއީ 7 އަހަރު ދުވަހު މިނިސްޓަރކަން ކުރެއްވި ބޭފުޅެއްގެ ޖަވާބުތަކެވެ. ބަޔާން ދެއްވީ ކާކަށްކަމެއް، ބަޔާނުގައި އޮތީ ކޯޗެއްކަމެއް، ބަޔާނެއް ހޯދުމަށް އައީ ކާކުކަމެއް އެނގިވަޑައިގަންނަވާކަމަކަށްނުވި އެވެ. އެ ހިސާބުންވެސް މުއިއްޒު އިހުލާސްތެރިކަން ހުރި މިންވަރާއި، ރައްޔިތުންނާއި، ޤައުމަށް ވަފާތެރި މިންވަރު ވަރަށް ބޮޑަށްވެސް އެނގި، ހާމަވެގެންދެ އެވެ.

ބޮޑެތި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި، މިއަދުގެ ސަރުކާރުން ކުންފުނިތަކަށް ބަދަލު ދެއްވަނީ ކަމަށް ވިދާޅުވަމުންގެންދަވައިރު، އަސްލަކީ މުއިއްޒުމެން ފަދަ ބޭފުޅުންކަން އެންމެ މައްސަލައަކުން އޮތީ ސާފުކޮށްފެންނާށެވެ. ކޮންމެ އެއްބަސްވުމެއްގައިވެސް، އެއްބަސްވުންތައް ބާތިލްކުރެވޭނެ ހާލަތްތަކާއި، އެއްބަސްވުންތައް ބާތިލްކުރެވޭނެ ގޮތްތައް ބަޔާންކޮށްފަިއވާއިރު، އެކަންކަމާއި ހިލާފަށް މުއިއްޒުމެންގެ ވެރިކަމުގެ ތެރޭގައި އެއްބަސްވުންތައް ބާތިލްނުކުރެއްވިނަމަ، މިއަދުގެ ސަރުކާރަށް އެންމެ ކުންފުންޏަކަށްވެސް ބަދަލެއްދޭކަށްނުޖެހޭނެ އެވެ. އަދި އެ ކުންފުނިތަކުން ބަދަލު ހޯދަކަށް މަސައްކަތެއްވެސް ނުކުރާނެ އެވެ.

ދެންއޮތީ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުޤީޤެއް ހިންގުމުގެ މުހިންމުކަމެވެ.

މަސްދަރުތަކުން މައުލޫމާތުލިބޭގޮތުގައި މުއިއްޒު މިވަގުތު މަސައްކަތްކުރައްވަމުންގެންދަވަނީ މާލެ ސިޓީ ކައުންސިލަށް ވަޑައިގެންނެވުމަށެވެ. ސިޓީ ކައުންސިލްގެ މޭޔަރަކަށްވެވަޑައިގެންނެވުމަށެވެ. ބަޔާންދެއްވީ ކާކަށްކަމެއް، ބަޔާން ހޯދަން ވަޑައިގެންނެވީ ކޮން ބޭފުޅުންނެއްކަމެއް އެނގިވަޑައިނުގަންނަވާ ބޭފުޅަކު މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވަޑައިގެންނެވުމުން ދެންވާނެގޮތެއް ރައްޔިތުން ވިސްނުމަށްގެންނަވާ!

އޭގެއިތުރުން މުއިއްޒުއަށް ފިޔަވަޅު އަޅައި، އަދަބު ދިނުމަކީ ދެންވެސް ދައުަލތުގެ މަޤާމުތަކުގައި ތިއްބަވާ ރައްޔިތުންނަށް ގައްދާރުވާ ފަރާތްތަކަށްދެވޭ ވަރުގަދަ މެސެޖަކަށްވާނެ އެވެ. ފިޔަވަޅު ނާޅައިފިނަމަ މުއިއްޒު ހިންގެވި މަގުން އެހެން ފަރާތައްވެސް ހިންގެވުމުގެ ފުރުސަތު ބޮޑު އެވެ. އެކަންކަން ހުއްޓުވައި، ޤައުމު ހަމަޔަކަށް އެޅުވޭނީ، ރައްޔިތުންނަށް ގައްދާރުވެ، ކުށްކުރައްވާ ފަރާތަތަކަށް ހައްޤު އަދަބުދެވިގެންނެވެ. އެހެން ނޫންކަމުގައިވާނަމަ ކުރީގެ ބަންޑާރ ނައިބް އާޒިމާ ޝުކުރޫގެ ލިސްޓަށް، މުއިއްޒުގެ ނަންވެސް އިތުރުވެ، އެ ލިސްޓު ބިޔަ ބޮޑުވެގެން ދިއުމުގެ ބިރު އޮބައޮތެވެ.

އާޒިމާ ދެއްވި ޤާނޫނީ ލަފާފުޅުގެ ސަބަބުން ޤައުމަށާއި، ރައްޔިތުންނަށް ލިބުނު ގެއްލުމުން އަރައިނުގަނެވިގެންއުޅޭއިރު، މުޅި ދައުަލތުގެ މާލިޔާ މިފަދަ ކަންކަމުގެ ތެރޭގައި ތާށިވުމުގެ ބިރުވެސް އޮތީ ކުޑައެއްކޮށެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް