ހޯމަ 03 އޯގަސްޓު 2020
06 އަހުލިހަ
1441 ޒުލްޙައްޖު 13
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:34
އިރުއޮއްސޭ 18:23
އިޝާ 19:38
ޔާގަން ކްލޮޕް

ލިވަރޕޫލާއެކު ހަދައިފައިވާ އެއްބަސްވުން ކްލޮޕް އާކޮށްފި

  • ކްލޮޕް ވަނީ ލިވަރޕޫލާއި އެކު ޗެމްޕިއަންސް ލީގުގެ ތަށި އުފުލައިލާފަ

ކ. މާލެ | 13 ޑިސެންބަރ 2019 | ހުކުރު 17:51 | 2,912

ޔާގަން ކްލޮޕް - ގެޓީ އިމޭޖާސް

ލިވަރޕޫލްގެ ކޯޗުކަމާއި 2015 ވަނަ އަހަރު ގުޅުނު ޔާގަން ކްލޮޕް އޭނާގެ އެއްބަސްވުން 2024 ވަނަ އަހަރާއި ހަމައަށް އިތުރުކޮށްފިއެވެ.

އަހަރުތަކަކަށްފަހު، ލިވަރޕޫލަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ޔާގަން ކްލޮޕް އަށް މިހާރު ލިބެނީ އަހަރަކު ހަތް މިލިއަން ޕައުންޑެވެ. ލިވަރޕޫލާއި އެކު ހަދައިފައިވާ އެއްބަސްވުން ހަމަވާން ތިން އަހަރު އޮއްވައި ކްލޮޕް އާ އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު އޭނާ ބުނީ ލިވަރޕޫލަކީ އޭނާގެ ހަޔާތުގެ ބަޔަކަށް ވެފައިވާ ކަމަށާއި ލިވަރޕޫލް އާއި އެކު ހޭދަކުރެވުނު ދުވަސްވަރު އޭނާ އަށް ވަރަށް ބައިވަރުކަންކަން ދަސް ކުރެވުނު ކަމަށާއި އޭނާގެ ކޯޗިން ކެރިޔަރ އަށް ގިނަ ކުރިއެރުން ތަކެއް ލިވަރޕޫލާއި އެކު ހޭދަކުރެވުނު ހަތަރު އަހަރުން ލިބިފައިވާ ކަމަށެވެ.

ކްލަބްގައި ހޭދަކުރެވުނު ހަތަރު އަހަރު ތެރޭގައި ރަނގަޅު ޓީމެއް ބިނާ ކުރެވިފައިވާ ކަން އޭނާ އަމިއްލަ އަށް ގަބޫލުކުރާ ކަމަށް ބުނަމުން އޭނާ ބުނީ އޭނާ ކްލަބާއި ހަވާލުވިއިރު، ކްލަބް އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށާއި ނަމަވެސް އެހާލަތުން އަރައި މިހާރު ޔޫރަޕްގެ ގަދަ ބާރު ތަކާއި ބައްދަލުކުރަން އެއްވެސް ބިރެއް ނެތް ކަމަށް ކްލޮޕް ބުންޏެވެ.

ލިވަރޕޫލާއި އެކު ކާމިޔާބު ސީޒަންތަކެއް ކުރިޔަށް އޮތް ތާނގައި ވެސް ހޭދަ ކުރާނެ ކަމަށް ބުނަމުން ކްލޮޕް ބުނީ އޭނާ ވިސްނަނީ ޒުވާން ކުޅުންތަކެއް ބިނާ ކުރަން ކަމަށާއި ލިވަރޕޫލްގެ މެނޭޖްމަންޓް އާއި ގުޅިގެން އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ އަށް ދިޔަ ލިވަރޕޫލް ނިމިދިޔަ ސީޒަނުގައި ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ ސީޒަނުގައި ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ވަނީ ހޯދައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.