ކ. މާލެ
|
13 ޑިސެންބަރ 2019 | ހުކުރު 17:51
ބާޒާރުގައި ފިޔާގެ އަގު ވަނީ ބޮޑުވެފައި
ބާޒާރުގައި ފިޔާގެ އަގު ވަނީ ބޮޑުވެފައި
މުހައްމަދު ޝަރުހާން
ފިޔާގެ އަގު
ބާޒާރުގަ ފިޔާ ކިލޯއެއް 70 ރުފިޔާ!
 
ފިޔާގެ އަގު އަންނަ އަހަރުގެ ޖެނުއަރީ މަހާއި ހަމައަށް ބޮޑުވާނެ ކަމަށް ލަފާކޮށްފައިވޭ
 
ފިޔާ ބަސްތާއެއްގައި އަގު އުޅެނީ 1200 ރުފިޔާއަށް
 
ފިޔާގެ އަގު ބޮޑުވެފައި މިވަނީ އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑުތައް ހަލާކުވުމުން

ބާޒާރުގައި ފިޔާގެ އަގު އަނެއްކާ ވެސް އުފުލިފައިވާއިރު ފިޔާ ކިލޯއެއްގެ އަގު 70 ރުފިޔާއަށް އަރައިފިއެވެ.

ބައެއް ފިހާރަތަކުން ފިޔާ ހުސްވެފައިވާއިރު ފިޔާ ބަސްތާއެއްގައި އަގު އުޅެނީ 1200 ރުފިޔާއަށެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ވިޔަފާވެރިން ބުނީ ބާޒާރުގައި ފިޔާގެ އަގު ބޮޑުވުމާއި ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ފިހާރަތަކުން ވެސް ފިޔާ ކިލޯ ލިބެން ހުންނަ އަގު މަތިވާނެ ކަމަށެވެ.

ފިޔާގެ އަގު ބޮޑުވެފައި މިވަނީ އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑުތައް ހަލާކުވެ ބޭނުންވާ ވަރަށް ފިޔާ ނެހެއްދޭތީއެވެ. އަދި ޤައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން އިންޑިއާ އިން ހުއްޓާލި ނަމަވެސް އެ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭ ކަމަށް މީގެ ކުރިން ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އެންމެ ފަހުން ރާއްޖޭގައި ފިޔާގެ އަގު ބޮޑުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. އޭރު ފިޔާ ބަސްތާއެއްގެ އަގު 1،200ރ އަށް ވެސް އެރިއެވެ. ނަމަވެސް 21 އޮކްޓޯބަރުން ފެށިގެން ކިލޯއެއްގެ އަގު 20ރ އަށް ވެއްޓުނެވެ.

އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ބާޒާރަށް ފިޔާ ނެރެވޭ މިންވަރު ވަރަށް ބޮޑަށް މަދުވެ، ފިޔަލުގެ އަގު ވަނީ ބޮޑުވެފައެވެ. އިންޑިއާގައި މިހާރު ފިޔާ ކިލޯއެއް ވިއްކަމުންދަނީ 165 އިންޑިއާ ރުޕީސްއަށެވެ.

ވިޔަފާރީ ކުރާ މީހުންނާއި ފަންނީ ތަޖުރިބާކާރުން ލަފާ ކުރަނީ ގޮތުގައި ފިޔާގެ އަގު އަންނަ އަހަރުގެ ޖެނުއަރީ މަހާއި ހަމައަށް ބޮޑުވާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
50%
50%
0%
ކޮމެންޓް