ކ. މާލެ
|
13 ޑިސެންބަރ 2019 | ހުކުރު 18:06
މަގުމަތީގެ ރައްކާތެރިކަމަށް އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން ބޭއްވި ހިނގާލުމުގައި ނައިބް ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ
މަގުމަތީގެ ރައްކާތެރިކަމަށް އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން ބޭއްވި ހިނގާލުމުގައި ނައިބް ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ
ރައީސް އޮފީސް
ނައިބް ރައީސް ފައިސަލް ނަސީމް
ނައިބް ރައީސްގެ އިލްތިމާސެއް ޒުވާނުންނަށް: ފަސޭހަކުރަން ކަންމަތީގައި ސައިކަލް ޕާކްނުކުރައްވާ
 
ގިނަ ގިނައިން ހަނދާން ކޮށްދޭން ޖެހޭ
 
ރައްކާތެރި ކަމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވައިލެއްވި

ޕާކްކުރަން ޖާގަ އޮންނަ އިރު ފަސޭހަކުރުމުގެ ގޮތުން ކަންކަންމަތީގައި ސައިކަލް ޕާކްކުރާތަން މަދުން ނަމަވެސް ފެންނަ ކަމަށާއި، އެފަދަ ކަންކަން ރަނގަޅު ކުރުމަށް ނައިބް ރައީސް ފައިސަލް ނަސީމް ޒުވާނުނަށް އިލްތިމާސްކުރައްވައިފި އެވެ.

ނައިބް ރައީސް އެފަދައިން އިލްތިމާސްކުރެއްވީ, މަގުމަތީގެ ރައްކާތެރިކަމަށް އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން ހުކުރު ދުވަހު ބޭއްވި ހިނގާލުން ފައްޓަވާއި ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސް ފައިސަލް ވިދާޅުވީ، މަގުމަތީގައި އުޅަނދު ދުއްވާ ފަރާތަތްކުން ހިނގާ މީހުންނަށާއި މަގު ހުރަސްކުރާ ފަރާތްތަކަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ. ސައިކަލް ނުވަތަ ކާރުގައި ދުއްވާފައިދާއިރު ހިނގާ މީހުންނަށް ތަންދޭންވެގެން މަޑުކޮށްލިޔަސް އެ ދާތަަނަކަށް ދިޔުމަށް ލަސްތަކެއް ނުވާނެ ކަމަށް ވިދާޅުވިއެވެ.

މަގުމައްޗަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހަދަން ހުރިހާ އެންމެންވެސް މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ކަންތައްތައް ނަމޫނާއެއްގެ ގޮތުގައި ދަައްކައިގެން ނޫނީ މާދަމާގެ ދަރިންގެ ފަރާތުން އެކަން ނުފެންނާނެ ކަމަށެވެ. ތަރައްގީ ގައުމެއްގެ ގޮތުގައި ރާއްޖެ ކުރިޔަށްދާއިރު ހުރިހާ ކަމެއްވެސް ރަނގަޅު ކުރަން ޖެހޭކަން ފާހަގަކުރައްވަމުން ވިދާޅުވީ، މަގުމަތީގައި ކުރާ މުއާމަލާތްތައް އެންމެން ވެސް ރަނގަޅު ކުރުން މުހިއްމު ކަމަށެވެ.

މަގުމަތީގެ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުގެ އިދާރާތަކުންވެސް އެ ތަންތަނުގެ މުވައްޒަފުންނަށް ހަނދާން ކޮށްދިނުމަށް ނައިބް ރައީސް އެދިވަޑައިގެނެންވި އެވެ.

ހަނދާން ކޮށްދިނުމަކީ މި ގޮތަށް މައިކެއް ދަށުގައި ހުރެގެން ވާހަކަ ދެއްކުމަކީ. އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. ގިނަގިނައިން ބުނެދިނުމަކީ އެއީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ކަމެއް
ފައިސަލް ނަސީމް ~ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ~

ނައިބް ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
0%
0%
67%
ކޮމެންޓް
13 ޑިސެންބަރ 2019 | ހުކުރު 19:43
ފައިސަލް ނަސީމް
އަޅުގަނޑަށް އެ ހެން ބުނެވުނީ އަޅުގަނޑުގެ ލޮލުގައި ކުޑަ މައްސަލައެއް އުޅޭތީ!