ކ. މާލެ
|
13 ޑިސެންބަރ 2019 | ހުކުރު 14:48
އިނިގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިނިގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
ގޫގުލް
ބޮރިސް ޖޯންސަން
ބޯރިސްގެ ކޮންޒަރވެޓިވް ޕާޓީން ހޯދި ކާމިޔާބީއަށް ރައީސް ސޯލިހުގެ ތަހުނިޔާ
 
ދިވެހިރާއްޖެ އާއި ޔޫކޭ އަކީ ޒަމާންވީ ގުޅުން އޮންނަ ދެގައުމުކަން މައުމޫން ފާހަގަކުރެއްވި
 
މޫސުމަށް އަންނަ ބަދަލުތައް ފަދަ މައްސަލަތަކަށް ދެގައުމު ގުޅިގެން ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި
 
ޔޫކޭ އަކީ ދިވެހިރާއްޖެއާއި އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރެވުނު ގައުމުކަން ރައީސް ފާހަގަ ކުރެއްވި

އިނގިރޭސިވިލާތުގައި ބޭއްވި އާންމު އިންތިހާބުގައި ބޯރިސް ޖޯންސަން އިސްވެ ހުންނަވާ، ކޮންޒަރވެޓިވް ޕާޓީއިން ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބު ބޮޑުވަޒީރު ބޯރިސް ޖޯންސަން ކާމިޔާބު ކުރެއްވުމާއި ގުޅިގެން މަރުހާބާ ދަންނަވާ ހުކުރު ދުވަހު ރައީސް ކުރައްވާފައިވާ ޓްވީޓްގައި ވަނީ މި ކާމިޔާބާއެކު، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ގުޅުން ކުރިޔަށް އޮތް ތަނުގައި އިތުރަށް ވަރުގަދަކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއާއި އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރެވުމު ގައުމު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، 1965 ވަނަ އަހަރުން ފެށިގެން، ދެ ގައުމުން އަބަދުވެސް ވަނީ، ކަންބޮޑުވާ ކަންތަައްތަކާއި ގުޅިގެން މަޝްވަރާކުރަށްވާފައި ކަމަށެވެ.

ރައީސް ސޯލިހުގެ އިތުރުން، ބޮރިސް ޖޯންސަންގެ ޕާޓީން އިންތިޙާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.

ބޮރިސް ޖޯންސަން އަށް މަރުހަބާ ދަންނަވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވަނީ ރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމުން މޫސުމަށް އަންނަ ބަދަލުތައްފަދަ މައްސަލަތަކަށް ދެގައުމު ގުޅިގެން ހައްލު ހޯދުމަށް މަސައްކަތް ކުރަން އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ވަނީ އިންތިޙާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފަރާތުން މަރުހަބާ ދަންނަވާފައެވެ. އަދި ކުރިޔަށް އޮތް އަހަރު ތަކުގައި ކާމިޔާބީއަށް އެދޭ ކަމަށާއި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތަކީ ޒަމާންވީ ގުޅުން އޮންނަ ދެގައުމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
0%
0%
50%
ކޮމެންޓް