ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 17:48
ބެރީ އުފަންވެފައިވަނީ 1926 ވަނަ އަހަރު މިސޫރީގަ
ބެރީ އުފަންވެފައިވަނީ 1926 ވަނަ އަހަރު މިސޫރީގަ
ގޫގުލް
ޗަކް ބެރީ މަރުވުން
ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ
 
އޭނާއަށްވަނީ ލައިފްޓައިމް އެޗީވްމަންޓް ގްރެމީ 1984 ވަނަ އަހަރު ލިބިފަ
 
އޭނާގެ ފުރަތަމަ އަލްބަލް ނެރެފައިވަނީ 1955 އަހަރު

ރޮކްއެން ރޯލް ލަވައިގެ ލެޖެންޑް ޗަކްބެރީ އުމުރުން 90 އަހަރުގައި މަރުވެއްޖެ ކަމަށް އެމެރިކާގެ މިސޫރީގެ ފުލުހުން ބުނެފިއެވެ.

ލަވަކިއުންތެރިޔާ ހަރަކާތް ހުއްޓިފައިވަނިކޮށް ފެނިފައިވަނީ ހޮނިހިރު ދުވަހު މެންދުރު ކެއުމުގެ ވަގުތުކަަމަށް އެސްޓީ ޗާލްސް ކައުންޓީގެ ފުލުހުން ބުނެއެވެ.

ބެރީގެ 70 އަހަރުގެ ކެރިއަރގައި ނެރުނު މަޝްހޫރު ކްލެސިކްސްގެ ތެރޭގައި ރޯލް އޯވާ ބީތޮވެން އަދި ޖޯނީ ބީ ގޫޑް ހިމެނެއެވެ.

އޭނާއަށްވަނީ ލައިފްޓައިމް އެޗީވްމަންޓް ގްރެމީ 1984 ވަނަ އަހަރު ލިބިފައެވެ. އަދި އޭނާއަކީ 1986 ވަނަ އަހަރު ރޮކްއެންޑްރޯލްގެ ތެރެެއަށް ފުރަތަމަ ވަން މީހުންގެ ތެރެއިން އެކަކެވެ.

ފޭސްބުކްގައި ނެރެފައިވާ ބަޔާނެއްގައި އެސްޓީ ޗާލްސް ކައުންޓީގެ ފުލުހުންގެ ޑިޕާޓްމަންޓުން ބުނެފައިވަނީ ހަރަކާތް ހުއްޓިފައިވާ މީހެއް ފެނިގެން ރިޕޯޓްކޮށްފައިވަނީ އެތަނުގެ ގަޑިން 12:40 ގައި ކަމަށެވެ.

ބެރީ އުފަންވެފައިވަނީ 1926 ވަނަ އަހަރު މިސޫރީގައެވެ. އޭނާގެ ފުރަތަމަ އަލްބަލް ނެރެފައިވަނީ 1955 އަހަރުއެވެ.

މިދިޔަ އަހަރު އޭނާވަނީ ސާޅީހަކަށް އަހަރަށްފަހު ފުރަތަމަ ފަހަރަށް އަލްބަމެއް ނެރޭކަން އިއުލާނުކޮށްފައެވެ.

އެ އަލްބަމް އޭނާ ތަޚްސީސްކޮށްފައިވަނީ އޭނާގެ އަންހެނުންނަށެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް