ކ. މާލެ
|
13 ޑިސެންބަރ 2019 | ހުކުރު 08:40
އައްސާމްގެ އަވަށެއްގައި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގާ އުކަނީ
އައްސާމްގެ އަވަށެއްގައި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގާ އުކަނީ
އޭޕީ
އިންޑިއާ
އައްސާމްގައި އިއުލާންކުރި ކާފިއުއާ ހިލާފްވިކަމަށް ބުނެ އާންމުންގެ ދެ މީހަކު މަރާލައިފި
 
މުޒާހަރާ ކޮންޓްރޯލް ކުރުމަށް އިންޑިއާގެ އަސްކަރިއްޔާއިންވެސް ދަނީ ހަރަކާތްތެރިވަމުން
 
މުޒާހަރާކުރަމުން ދަނީ އަލަށް ފާސްކުރެވުނު ރައްޔިތުކަމުގެ ގާނޫނާ ގުޅިގެން
 
ކާފިއުއާ ހިލާފްވިކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައި

އިންޑިއާގެ ރަށްވެހިކަމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލާ އެޤައުމުގެ އައްސާމް ސްޓޭޓުގައި ވަރުގަދައަށް މުޒާހަރާ ކުރަމުންދާތީ އެ ސްޓޭޓުން އިންޓަރނެޓުގެ ޚިދުމަތް ކަނޑާލާ ކާފިއު އިއުލާންކޮށްފައިވަނިކޮށް، ކާފިއުއާ ހިލާފްވިކަމަށް ބުނެ އާންމުންގެ ދެ މީހަކު މަރާލައިފިއެވެ.

ބައިނަލްއަގުވާމީ ހަބަރުތައް ބުނާގޮތުން އިންޑިއާގެ އައްސާމް ސްޓޭޓްގައި ކާފިއު އިއުލާންކޮށްފައިވަނިކޮށް ފުލުހުން ބަޑިޖަހާ މަރާލާފައިވަނީ އެ ދެމީހުން ކާފިއުއާ ހިލާފްވުމުން ކަމަށެވެ. މީގެ އިތުރުން ކާފިއުއާ ހިލާފްވިކަމަށް ބުނެ އެތައް ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެކިއެކި ސަބަބުތަކާއިހުރެ އަމިއްލަ ޤައުމުދޫކޮށް އަވަށްޓެރި ތިން ޤައުމަކުން އިންޑިއާއަށް ހިޖުރަކޮށްފައިވާ މީހުންނަށް, އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް ހުށައެޅި ބިލު ފާސްކޮށްފައިވަނީ ބުދަ ދުވަހުއެވެ. އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން ތާޢީދުކޮށް މަޖިލީހުގެ މަތީގެއިން ފާސްކޮށްފައިވަނީ 125 މެމްބަރުންގެ ތާޢީދާއެކު އެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 105 މެމްބަރުކު ވޯޓު ދެއްވިއެވެ.

މިހާރު މިބިލު ފާސްވެގެންދިޔަ ގޮތުން އިންޑިޔާއިން ރަށްވެހިކަން ހޯދަން ބޭނުންވާ ހިންދޫންނާއި، ސިކުންނާއި، ބުދިސްޓުންނާއި، ޖައިނުންނާއި، ނަޞާރާއިންނާއި، މަޖޫސީންނަށް ޚާއްޞަ އިމްތިޔާޒުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެމީހުންނަކީ ޕާކިސްތާން، އަފްޣާނިސްތާން ނުވަތަ ބަންގުލަދޭޝްއަށް ނިޞްބަތްވާ މީހުންކަން ސާބިތު ކުރެވިއްޖެ ނަމަ، އެމީހުން އިންޑިއާގައި ދިރިއުޅޭތާ ނުވަތަ މަސައްކަތް ކުރާތާ ހަ އަހަރު ފަހުން ރަށްވެހިކަމަށް އެދެން ފުރުޞަތު ލިބޭނެ އެވެ.

މުޒާހަރާ އާއި ގުޅިގެން އައްސާމް ސްޓޭޓުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އިންޓަރނެޓް ކަނޑާލާ ކާފިއު އިޢުލާންކޮށްފަ އެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް އިންޑިޔާގެ އަސްކަރިއްޔާއިން ދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި މުޒާހަރާ އާއި ގުޅިގެން އައްސާމް ސްޓޭޓުގެ ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫ އަރާފައެވެ. ބައެއް އެއަރލައިންތަކުން ތާވަލު ފްލައިޓުތައް ކެންސަލް ކުރަމުންދާކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އައްސާމް ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވަނީ އެއްވެސް މީހެއްގެ ހައްޤެއް ގެއްލިގެން ނުދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
25%
0%
75%
0%
0%
ކޮމެންޓް