އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަން

އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަނުގެ ތެރެއިން ހުރިހާ ސާމާނަކުން ބޮޑެތި ޑިސްކައުންޓު!

  • ޕްރޮމޯޝަން ފަށާފައިވަނީ ޑިސެމްބަރު 10 ވަނަ ދުވަހު
  • މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ކޭޝް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް
  • ޕްރޮމޯޝަނުގެ އިތުރު ހަރަކާތްތަކެއް މި މުއްދަތުގެ ތެރޭގައި މާލެ ނޯތު ހާބާގައި ކުރިއަށްދާނެ

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 13 ޑިސެންބަރު 2019 | ހުކުރު 00:53 2,645

އެމްޓީސީސީ ކަށަވަރު ޝޯރޫމް - އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ކަށަވަރު" ޕްރޮމޯޝަން ޑިސެމްބަރު 10 ވަނަ ދުވަހު ފަށާފައިވާއިރު މި ޕްރޮމޯޝަނުގެ ތެރެއިން ހުރިހާ ސާމާނަކުން ބޮޑެތި ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އަންނަ އަހަރުގެ 10 ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ސުޒުކީ އިންޖީނާއި ޔަންމާ އަދި ސުޒުކީ ސްޕެއަރ ޕާޓުތަކާއި، އިންޑަސްޓްރިއަލް ގޭހުގެ އިތުރުން ޕީޕީ މެރިން ކޯޓިން އާއި އޮޑި ދޯނި ފަހަރަށް ބޭނުންވާ ތަފާތު ސާމާނުތަކުން ޑިސްކައުންޓް ލިބިގެންދާނެއެވެ.

އެމްޓީސީސީން ބުނީ މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ކޭޝް ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށާއި ޕްރޮމޯޝަނުގެ އިތުރު ޙަރަކާތްތަކެއް މި މުއްދަތުގެ ތެރޭގައި މާލެ ނޯތު ހާބާގައި ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ ޢަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާ ބައްދަލުކޮށް ޓްރެއިނިންގ އަދި މަޢުލޫމާތު ދިނުމުގެ ޙަރަކާތްތައް އެކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ދާކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން "ކަށަވަރު ޕްރޮމޯޝަން" ބާއްވާ މިއީ ފަސް ވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް