އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ވިކްޓްރީ ސްޕޯޓްސް ކްލަބް

ދުވަސްވީ ކްލަބް ވިކްޓްރީ ސަސްޕެންޑް ކޮށްފި

  • އެފްއޭއެމް އިން ވަނީ ތަފާތު އެކި ފަހަރުގެ މަތިން ވިކްޓްރީ އަށް އިންޒާރު ދީފައި

ކ. މާލެ | 12 ޑިސެންބަރ 2019 | ބުރާސްފަތި 20:02 | 2,867

ވިކްޓްރީ ސްޕޯޓްސް ކްލަބް - ޕީއެސްއެމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވިކްޓްރީ ސްޕޯޓްސް ކްލަބް ސަސްޕެންޑް ކުރަން ނިންމައިފިއެވެ.

އެފްއޭއެމްއިން ވިކްޓްރީ ސަސްޕެންޑް ކުރިކަން ރަސްމީ ގޮތެއްގައި އަންގައިފައެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާތަކާއި ހަވާލާދީ ބުނެފައިވަނީ އެފްއޭއެމްގެ އޮފިޝަލަކު، ވިކްޓްރީ ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. މީޑިއާއަށް މިޚަބަރު ތިލަވެފައި މިވަނީ އެފްއޭއެމުން ތަފާތު އެކި ފަހަރުގެ މަތިން ވިކްޓްރީ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު އެފްއޭއެމުން ދީފައިވަނިކޮށެވެ.

އެފްއޭއެމުން ވިކްޓްރީ އަށް އިންޒާރު ދިފައިވަނީ އެ ކްލަބުން ދިރާގު ދިވެހި ޕްރިމިއަރ ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި، މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އާއި ކޯޗުންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކުޅުންތެރިންނާ ކޯޗުން އެފްއޭއެމަށް ހުށަހަޅާފައިވާ މައްސަލަ އާއި، ކްލަބު ލައިސަންސިން އާއި ގުޅޭގޮތުން ހަމަކުރަންޖެހޭ ލިޔުންތައް ހަމަކޮށްފައިނުވާތީ އެ މައްސަލަތައް ބެލުމަށްފަހު އެވެ.

އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީ ބައްދަލުވުމެއްގައި މި މައްސަލަ ބެލުމަށްފަހު، މި މަހުގެ 15 ގެ ކުރިން ކުޅުންތެރިންނާއި ކޯޗުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދީ ޚަލާސްކުރުމަށް އެ ކްލަބަށް އަންގާ ކަމަށެވެ. އަދި އެފްއޭއެމްގެ އަސާސީ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، އަސާސީ ޤަވާއިދުގެ 35 ވަނަ މާއްދާގެ (3) އަދި 37 ވަނަ މާއްދާގެ (1) އާއި އެއްގޮތްވާ ގޮތުގެ މަތިން އެ ޤަވާއިދުގެ 14 ވަނަ މާއްދާގެ (1) އިން އެ އެސޯސިއޭޝަނުގެ އެގްޒެކްޓިވް ކޮމިޓީއަށް ލިބިދޭ ބާރުގެ ތެރެއިން ވިކްޓަރީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރާނެ ކަމަށެވެ.

މީގެ އިތުރަށް ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުޅޭ މެޗުތަކަށް ހާޒިރުނުވެ، އެކަން ތަކުރާރުކޮށްފައިވާތީ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 9 ވަނަ މާއްދާގެ (އ) ގެ ދަށުން "ޓްރާންސްފަރ ހުއްޓުވުމަށް" ނިންމާފައިވާ ކަމަށެވެ. އަދި ލީގުގައި ދެން ވިކްޓަރީ އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗަށް ހާޒިރުނުވެއްޖެނަމަ، ޑިސިޕްލިނަރީ ކޯޑުގެ 9 ވަނަ މާއްދާގެ (ބ) ގެ ދަށުން ލީގުން ވިކްޓަރީ ވަކިކުރާނެ ކަމަށްވެސް ވަނީ އިންޒާރު ދީފައިވެއެވެ.

ވިކްޓްރީގެ ޗެއަރމަން ކްލަބުގެ ހާލަތާއި ބެހޭ ގޮތުން ބުނެފައިވަނީ ކްލަބުގެ މާލީ ހާލަތު ދަށްވުމާއި ގުޅިގެން ކުޅުންތެރިންނަށް މުސާރަ ދިނުމަށް ނުކުޅެދިފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.