އަންގާރަ 11 އޯގަސްޓު 2020
01 މާ
1441 ޒުލްޙައްޖު 21
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:31
އިރުއޮއްސޭ 18:21
އިޝާ 19:35
ޔޫތް މިނިސްޓްރީ

ހޭންޑްބޯލްއާއި ބާސްކެޓް ޓީމު ދަތުރުކުރި ފްލައިޓް ކެންސަލްވެ، ނާދެވިފަ

  • މި ޓީމު ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓް އަކީ (ޔޫއެލް 198)

ކ. މާލެ | 12 ޑިސެންބަރ 2019 | ބުރާސްފަތި 20:05 | 4,383

ރާއްޖެ ނާދެވިފައި ތިބި ޓީމް - ޕީއެސްއެމް

ނޭޕާލުގައި ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސް ނިންމާލުމަށްފަހު ގައުމީ ހޭންޑް ބޯޅަ އަދި ބާސްކެޓް ބޯޅަ ޓީމުން ރާއްޖެ އަންނަން ހަމަޖެހިފައިވާ ފްލައިޓް ކެންސަލްވެއްޖެއެވެ.

މިނިސްޓަރ މަޚްލޫފް ވިދާޅުވީ ގައުމީ ހޭންޑްބޯލް އަދި ވޮލީބޯލް ޓީމާއި، މީޑިއާ ޓީމުގެ ބައެއް މެންބަރުން ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓް (ޔޫއެލް 198) އަށް ދިމާވި މައްސަލައަކާއި ގުޅިގެން ކެންސަލް ވެފައިވާ ކަމަށާއި، އެހެންކަމުން ހޭންޑްބޯޅަ އަދި ވޮލީބޯޅަ ޓީމާއި އަދި މީޑިއާ ޓީމަށް ކެއުމާއި ހުރުން މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް މި ޓީމުތައް މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޭންޑް ބޯޅަ ޓީމުން ސައުތު އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖުން ކެޓި ކަމުގައިވިޔަސް މި މުބާރާތުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އަދި ގައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމުން ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތަކުން މެޑަލް ހޯދައިފައެވެ. ބާސްކެޓް ބޯޅަ ޓީމުން ހޯދައިފައިވަނީ ލޯ މެޑައްޔެކެވެ. މުބާރާތުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުން ރާއްޖޭގެ އަންހެން ބާސްކެޓް ޓީމުން ވަނީ ތަފާތު މޮޅު ކުޅުމަކާއި އެކު ފަސޭހަ ކަމާއި އެކު ބޫޓާން ބަލިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.