ހުކުރު 24 ޖެނުއަރީ 2020
6 ހުވަން
1441 ޖުމާދަލްއޫލާ 29
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33
ކުޅިވަރު - ޗެމްޕިއަންސް ލީގު

ރޮނާލްޑޯ އަދި ހިގުއެންގެ ލަނޑު ތަކުން ޔުވެންޓަސް އަށް މޮޅެއް!

  • މި މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
AthifAthoof

ކ. މާލެ 12 ޑިސެންބަރު 2019 | ބުރާސްފަތި 16:52 2,254

ޔުވެންޓަސް އަދި ލެވަކޫސަން ބައްދަލުކުރި މެޗުގެ ތެރެއިން - ގޯލް.ކޮމް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަޔާ ލެވަކޫސަން އާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ އަދި ހިގުއެން ކާމިޔާބު ކޮށްދިން ލަނޑުތަކުން ޔުވެންޓަސް މޮޅުވެއްޖެއެވެ.

ބަޔާ ލެވަކޫސަން ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުން ވެސް ކުޅެމުން ގެންދިޔައީ އަވަސް ކުޅުމެކެވެ. މި ހާފުގައި ޔުވެންޓަސް ކުޅުންތެރިންގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެންދިޔައިރު އެޓީމުގެ ފޯވާޑުން ދިޔައީ ފުލުފުލުގައި ލެވަކޫސަންގެ ގޯލަށް ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ކުއެޑްރާޑޯ އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުވެންޓަސް އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލެވަކޫސަންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ޔުވެންޓަސް ވަނީ މި މެޗުގެ 75 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިދީފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑަށްފަހު ވެސް ޔުވެންޓަސް އިން ދިޔައީ ފުލުފުލުގައި ލެވަކޫސަންގެ ގޯލަށް ހަމަލާތައް ފޮނުވާލައިފައެވެ. އެގޮތުން މެޗުގެ 90 ވަނަ މިނެޓުގައި ގޮންޒާލޯ ހިގުއެން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ.

މި ނަތީޖާ އާއި އެކު ޔުވެންޓަސް އޮތީ ގްރޫޕް "ޑީ" ގެ އެއްވަނައިގަ 16 ޕޮއިންޓާއެކުގައެވެ. މި ގްރޫޕުގެ ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ ލިބުނު 10 ޕޮއިންޓާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް