ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 10:24
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
މުހައްމަދު ޝަރުހާން
ކަސްޓަމްސް
އެކްސްޕޯޓް 11 އިންސައްތަ ދަށްވެ، އާމްދަނީން 3 މިލިއަން ރުފިޔާ މަދުވެއްޖެ
 
ނޮވެމްބަރު މަހު އެންމެ ގިނައިން އެކްސްޕޯރޓް ކޮށްފައިވަނީ ތައިލޭންޑަށް
 
ފާއިތުވި އަހަރު ރާއްޖެއިން 454 މިލިއަން ރުފިޔާ އެކްސްޕޯރޓް ކުރި
 
ދައުލަތަށް ލިބުނު އާމްދަނީ ވަނީ 3 މިލިއަން ރުފިޔާ ދަށްވެފައި

ނޮވެމްބަރު މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މިންވަރު 11 އިންސައްތަ ދަށަށްގޮސް، އާމްދަނީއަށް އަސަރުކޮށްފި އެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރު ރާއްޖެއިން 454 މިލިއަން ރުފިޔާ އެކްސްޕޯޓް ކޮށްފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 405 މިލިއަނަށް ދަށްވެފައެވެ. އޭގެއިތުރުން، ފާއިތުވި އަހަރާއި އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 3 މިލިއަން ރުފިޔާ ދަށްވެފައެވެ.

ނޮވެމްބަރު މަހު ރާއްޖެއިން 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، ޗައިނާ، އަދި އިންޑިއާއެވެ. އެގޮތުން ޔޫ.އޭ.އީ އިން 819 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު، ޗައިނާ އިން 616 މިލިއަން އަދި އިންޑިއާ އިން 510 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތައް

ރާއްޖެއިން އެކްސްޕޯރޓް ކުރި މިންވަރު 2018 ވަނަ އަހަރާއި އަޅާ ބަލާއިރު ދަށްވެފައިވާއިރު، އަގުގެ ގޮތުން ބަލާއިރު ފާއިތުވި ނޮވެމްބަރު މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯރޓް ކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން ތައިލޭންޑުން 51 އިންސައްތަ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް