ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 08:40
ސިޑްނީގައި ވައި ނުސާފުވެފައި
ސިޑްނީގައި ވައި ނުސާފުވެފައި
ޓްވިޓަރ
އޮސްޓްރޭލިޔާ
އޮސްޓްރޭލިޔާގެ އަލިފާންގަނޑު: ބައެއް ސީޓީތަކުގެ ވައި ނުސާފުވެއްޖެ
 
އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭނެ ދުވަހެއް ނޭނގޭ
 
ގިނަ ބައެއްގެ ގެދޮރު ގެއްލި، ގިނަ ބަޔަކު ވަނީ މަރުވެފައި
 
އިންސާނުންނަށް ނުރައްކާތެރިވާ މިންވަރަށް ވަނީ ވައި ނުސާފުވެފައި

އޮސްޓްރޭލިއާގެ ސަރަހައްދު ތަކުގައި ފެތުރެމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން އެގައުމުގެ ގިނަ ސިޓީތަކުގެ ވައި ނުސާފުވެއްޖެއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޮސްޓްރޭލިޔާގެ އެކި ހިސާބުތަކުގައި ރޯވާ އަލިފާންގަނޑު ނިއްވާލެވޭނެ ނުވަތަ ކޮންޓްރޯލް ކުރެވޭނެ ދުވަހެއް ނޭނގެއެވެ. އަދި ސިޑްނީ ސިޓީގައި ވައި ދައުރުވަމުންދާ ގޮތުން އަލިފާންގަނޑު ބޮޑުވެ ފެތުރެމުންދާކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. އެހެންކަމުން އެސިޓީގެ ވައި ވަނީ ވަރަށް އިންސާނުންނަށް ނުރައްކާތެރިވާ މިންވަރަށް ނުސާފުވެފައެވެ. އަދި ކްއީންސްއައިލެންޑް އަދި ނިއުސައުތް ވޭލްސްގެ ވައި ވެސް ވަނީ ނުސާފުވެފައެވެ.

ބާރުގެ މިނުގައި އަލިފާންގަނޑު ފެތުރެމުންދާއިރު، މިހާތަނަށް އަލިފާންގަނޑު ތަކުގެ ސަބަބުން މިހާތަނަށް 300 އަށްވުރެ ގިނަމީހަކު މަރުވެ، ގިނަ ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށާއި، ފަސް މީހުން މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ނަމަވެސް މިއަދަދު އެގައުމުގެ ކަމާބެހޭ އެއްވެސް ވުޒާރާއަކުން ކަށަވަރުކޮށްދީފައެއްނުވެއެވެ.

އޮސްޓޭލިޔާގެ އެކި އަވަށްތަކާއި، ޖަންގަލިތަކުގައި ހިންގަމުންދާ އަލިފާނުގެ ހާދިސާތައް ހިނގަމުންދާ ދުވެލީގައި، ނުހުއްޓި ކުރިއަށްދާނަމަ އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރި ރަނގަބީލެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި ޖަންގަލީތަކުގައި ހުރި ގިނަ ގަސްތަކާއި، ޖަނަވާރާއި ސޫފާސޫފި ނެތިދިއުމަކީ މުޅި ދުނިޔެއަށް ލިބޭ ބޮޑު ގެއްލުމެކެވެ. ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކުރުން ލަސްވެފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް