ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 22:40
ހުޅުވުމުގައި ބޭއްވި ރަސްމިއްޔަތުގެ ތެރެއިން
ހުޅުވުމުގައި ބޭއްވި ރަސްމިއްޔަތުގެ ތެރެއިން
ބީއެމްއެލް
ބީއެމްއެލް
ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި
 
މިއީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވި ސެންޓަރެއް
 
މި ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު
 
މިއީ މާލޭ ސަރަހައްދުގައި ހުޅުވުނު ދެވަނަ ބިޒްނަސް ސެންޓަރ

ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފިއެވެ.

ވިޔަފާރިއަށް ޚާއްސަ ބިޒްނަސް ސެންޓަރެއް ހުޅުމާލޭ ރެނާޓަސް އިތާމުއި ބިލްޑިންގގައި ބުދަ ދުވަހު ހުޅުވާފައިމިވަނީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

މިއީ މާލޭ ސަރަހައްދުގައި ހުޅުވުނު ދެވަނަ ބިޒްނަސް ސެންޓަރަށްވާއިރު މި ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ ބުދަ ދުވަހުގެރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ.

ހުޅުވުމުގައި ބޭއްވި ރަސްމިއްޔަތުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

މި ބިޒްނަސް ސެންޓަރާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ބީއެމްއެލްއިން ބުނީ މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެ ކަމަށެވެ. އަދި މައުލޫމާތު ދިނުމާއި، ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ އިތުރުން ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މަރޗަންޓް ހިދުމަތްތަށް ހޯދުމަށް އެތަނުގެ މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން ޕަރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް މި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ޕަރސަނަލް ލޯނާއި ހައުސިންގ ލޯނަށް އެދި ހުށަހެޅޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ހުޅުވުމުގައި ބޭއްވި ރަސްމިއްޔަތުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

އެ ބޭންކުން ބުނީ މި ހިދުމަތާއެކު، ހުޅުމާލޭގައި ބީއެމްއެލްގެ ބްރާންޗަކާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަދި ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް