ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 22:15
ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ
ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ފުލުހުން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި މީހާ ހައްޔަރުކޮށްފި
 
ފުލުހުން އޭނާ އަލުން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ
 
އޭނާ ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލައެއްގައި
 
ފިލީ 34 ދިވެހި ފިރިހެނެއް

އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި މީހާ ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލުމާތު ދެއްވަމުން ފުލުހުން ބުނެފައިވަނި ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުރި 34 އަހަރުގެ ދިވެހި ފިރިހެނަކު ފިލާފައިވާކަމަށެވެ. އަދި އެއީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަން މާލެ ފޮނުވުމަށްޓަކައި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހެއްކަމަށެވެ.

ބުދަ ދުވަހުގެ ރޭ މިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނެފައިވަނީ އެމީހާ ފުލުހުން ކުރި މަސައްކަތުން ފެނިފައިވާކަމަށާއި އެ މީހާ އައްޑޫސިޓީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
0%
0%
0%
0%
67%
ކޮމެންޓް