ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 20:45
އދ.ފެންފުށި
އދ.ފެންފުށި
ގޫގުލް
ޓުއަރިޒަމް މިނިސްޓްރީ
އދ.ފެންފުށީ ތުނޑީ ސަރަހައްދުން 4 ބިމެއް އަނެއްކާވެސް ބީލަމަށް ހުށަހަޅަނީ
 
އަލުން ބީލަމަށް ހުށަހެޅުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ކައުންސިލާއި ގުޅިގެން މަސައްކަތްކުރަމުން
 
ފެންފުށިން ދޫކުރުމަށް ހަމަޖެހިފައިވަނީ 5000 އަކަފޫޓުގެ 4 ބިމެއް
 
ބާތިލް ކޮށްފައިވަނީ 2018 ވަނަ އަހަރުގެ އިއުލާނެއް

ބައެއް މައުލޫމާތުތައް ހިމެނިފައިނުވާތީ އދ.ފެންފުށީ ތުނޑީ ސަރަހައްދުން ފަތުރުވެރިކަން ތަރައްގީކުރުމަށް އޯގަސްޓްމަހުގައި އާންމުކުރި އިއުލާން ބާތިލްކޮށް އަނެއްކާވެސް ބީލަމަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންތައް ކުރަމުން އަންނަކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ބުދަ ދުވަހު އެ ވުޒާރާއިން ކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އދ. ފެންފުށީ ތުނޑީ ސަރަހައްދުން 5000 އަކަފޫޓުގެ 4 ބިން ކުއްޔަށް ދޫކުރުމަށްޓަކައި 30 އޯގަސްޓް 2018 ގައި އާންމުކުރި އިއުލާނުގެ 9ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ބީލަން ހުށަހަޅަންޖެހޭ ގޮތް ސާފުނުވާތީ ބީލަން ބާތިލް ކުރަން ނިންމާފައިވާކަމަށެވެ.

ބީލަން ބާތިލްކުރުމުގެ ކުރިން ބަލާފައިވާ ބައެއް ކަންތައް ހިއްސާކޮށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ޓުއަރިސްޓް ގެސްޓްހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާބެހޭ އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިއުލާނުގެ ދަށުން ހުޅުވާލެވޭ ބިމުގައި ތަރައްގީކުރެވޭނެ ވަކި ގެސްޓްހައުސްއެއްކަމެއް ބީލަން ފޮތުގައި ސާފުނުވާކަމަށެވެ. އަދި އިއުލާނުކުރުމުން ބީލަން ކާމިޔާބު ކުރިފަރާތާއި އެކު އެކު އެގްރީމަންޓްއެއްގައި ސޮއި ކުރެވިފައި އޮތްތޯ ބަލައި މިހާތަނަށް ސޮއި ކުރެވިފައި ނެތުމުން ބީލަން ބާތިލް ކުރުމަށް ނިންމާފައިވާ ކަމަށް ނޫސްބަޔާނުގައިވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިިވަނީ ފެންފުށީ ކައުންސިލާއި ގުޅިގެން އެ 4 ބިން އަލުން ބީލަމަށް ހުޅުވާލުމަށް ކުރަންޖެހޭ ކަންތައްތައް އެ ވުޒާރާއިން މެދުކެނޑުމެއްނެތި ކުރަމުންގެންދާ ކަމަށެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
50%
0%
0%
ކޮމެންޓް