ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 23:34
ޝުޝްމީތާ ސެން
ޝުޝްމީތާ ސެން
އިންޑިއާ ޓައިމްސް
ޝުޝްމީތާ ސެން
10 އަހަރު ފަހުން ޝުޝްމީތާ ބޮލީވުޑަށް
 
އެނބުރި އަންނަނީ ފޭނުންނަށްޓަކައި
 
އެންމެ ފަހުން ފެނިގެން ދިޔައީ ''ނޯ ޕްރޮބްލަމް'' ފިލްމުން

10 އަހަރުގެ ދުވަހުގެ މެދުކެނޑުމަށްފަހު ބޮލީވުޑަށް އެނބުރި އައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޝްހޫރު އެކްޓަރު އަދި ކުރީގެ މިސް ޔުނިވާސް ހޯދާފައިވާ ޝުޝްމީތާ ސެން ބުނެފިއެވެ.

ޝުޝްމީތާ އަލުން ބޮލީވުޑް އަންނަން އުޅޭކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

އެންމެ ފަހުން އަނީސް ބާޒްމީގެ ނޯ ޕްރޮބްލަމް އިން ފެނުނު ޝުޝްމީތާ ވަނީ ފިލްމީ ދާއިރާއިން ބްރޭކެއް ނަގާފައެވެ.

ފިލްމީ ދާއިރާއަށް އެނބުރި އަންނަން އުޅޭކަން ހާމަކުރަމުން ޝުޝްމީތާ ޕޯސްޓް ކޮށްފައިވާ ފޮޓޯއެއްގައި ބުނީ، ފޭނުންގެ ފަރާތުން ލިބޭ ލޯތްބަތް އަބަދުވެސް ޝުކުރު އަދާކުރާ ކަމަށާއި، އޭނާ އަށް އިންތިޒާރުކޮށްގެން ފޭނުން ތިބޭތާ 10 އަހަރު ވެއްޖެ ކަމަށެވެ. އެހެންވެ އޭނާ އެނބުރި އަންނަނީ ފޭނުންނަށް ކަމަށް ޝުޝްމީތާ ބުންޏެވެ.

މީގެކުރިން ދިން އިންޓަވިއުއެއްގައި ޝުޝްމީތާ ބުނެފައިވަނީ، ފިލްމީ ދާއިރާއާ ދުރަށް ޖެހުނީ އޭނާގެ ހަގުދަރި އަލީސާ އެޑޮޕްޓްކުރަން ވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް