ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 11:28
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު
ޝުއައިބް މުހައްމަދު އިގްބާލް
މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލު
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފަންޑެއް އެކުލަވާލަނީ
 
ފަންޑުގެ ފައިސާ ބޭނުން ކުރާނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫއުތައް ހިންގުމަށް
 
ލޯއެމިޝަން ގައުމަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުންވެސް މި ބިލް ހުށަހެޅުނު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ
 
ބިލު ހުށަހެޅުމުގެ މަގްސަދަކީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޅަންޖެހޭ ފިޔަވަޅުތައް އެޅުން

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ފަންޑެއް އެކުލަވާލުން ރައްޔިތުންގެ މަޖިލީހަސް ހުށަހެޅިފައިވާ ' މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލު' ގައި ހިމެނިއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު، މި ބިލު ހުށަހެޅުމުގެ މަޤްޞަދަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން، ދިވެހިންނާއި ދިވެހިރާއްޖެއަށް ލިބިގެންވާ ޤުދުރަތީ ވަޞީލަތްތައްވެސް ހިމެނޭ ގޮތުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ އިދާރީ އޮނިގަނޑާއި އެކަމަށްޓަކައި ތަންފީޒު ކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމެވެ. އަދި ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ބޭނުންވާ ބަރުދާސްތީ ޤާބިލުކަން އިތުރު ކުރުމަށާއި، ރާއްޖެއަކީ ލޯވ އެމިޝަން ޤައުމަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެކަންކަމާބެހޭ އުޞޫލުތައް ބަޔާން ކުރުން މި ބިލު ހުށަހެޅި މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޤާނޫނުގެ މަޤްޞަދުތައް ޙާޞިލު ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ފަންޑެއް މި ޤާނޫނަށް ޢަމަލު ކުރާތާ 60 ދުވަސް ތެރޭގައި ޤާއިމު ކުރަން ޖެހެއެވެ. މި ފަންޑު ހިންގައި ބެލެއްޓުމުގެ ޒިންމާ އެޅެނީ ރައިސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހޭ ބޯޑަކުންނެވެ.

ފަންޑުގެ ފައިސާ ބޭނުން ކުރެވޭނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުވުމަށާއި ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޕްރޮގުރާމުތަކާއި މަޝްރޫޢުތައް ހިންގުމާއި، މި ފަދަ ކަންކަމަށް ހޭނުވުމުގެ ގޮތުންނާއި ލޯވ އެމިޝަން އިޤްތިޞާދުތަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަލާއި ގުޅޭ މަޢުލޫމާތު ދިނުމާއި އެކަންކަމަށް އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ޕްރޮގުރާމުތައް ހިންގުމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅެ ދިރާސާތައް ކޮށް، އެކަމަށް ބޭނުންވާ ޤާބިލުކަން ހޯދުމަށް މި ފަންޑުގެ ފައިސާ ބޭނުން ކުރެވޭނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް