ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 11:32
ބާސެލޯނާ އަދި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން
ބާސެލޯނާ އަދި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ބާސެލޯނާ އަދި ލިވަރޕޫލަށް ފަސޭހަ މޮޅެއް
 
ލިވަރޕޫލް އިން މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުން
 
އިންޓަ އަތުން ބާސެލޯނާ މޮޅުވީ 2-1 ގެ ނަތީޖާ އަކުން

ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަދި ލިވަރޕޫލުން އެޓީމު ކުޅުނު މެޗުތައް ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ސާލްޒްބާގް ގެ ދަނޑުގައި ކުޅުނު މެޗު ލިވަރޕޫލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

މެޗުފަށައިގެން ލިވަރޕޫލުން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، ސާލްޒްބާގް ޓީމަށް މޮޅުވާން މަޖުބޫރު މެޗެއް ކަމުން އެޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އެޓޭކިންގ ގޭމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަރޕޫލްގެ މުހައްމަދު ސަލާހް އަށާއި މާނޭ އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ގިނަ އިރު ތަކެއް ނުވެ ލިވަރޕޫލުން ވަނީ ލަނޑު ޖަހައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 57 ވަނަ މިނެޓުގައި ނެބީ ކައިޓައެވެ. ނެބީގެ ލަނޑަށް މިނެޓެއް ހަމަ ނުވަނީސް ލިވަރޕޫލްގެ ހުނަރުވެރި ފޯވަރޑް މުހައްމަދު ސަލާހް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު އެޓީމަށް ހޯދައިދީފައެވެ. މި ނަތީޖާ އާއި އެކު ލިވަރޕޫލް ގްރޫޕް "އީ"ގެ އެއްވަނައިގައި 13 ޕޮއިންޓާއެކު އޮތް އިރު މި ގްރޫޕުގެ ދެވަނައިގައި ނަޕޯލީ އޮތީ 12 ޕޮއިންޓާއެކުގައެވެ.

އަންގާރަ ދުވަހުގެ ރޭ ބާސެލޯނާ ކުޅުނު މެޗުން އެޓީމު މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ.

އިޓަލީގެ ގަދަ ބާރެއް ކަމަށްވާ އިންޓަ މިލާނާއި ދެކޮޅަށް ކުޅުނު މި މެޗުގައި ބާސެލޯނާއިން ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތުވަނީ ދީފައެވެ. ވަރުގަދަ އެޓޭކިންގ ގޭމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައިރު މެޗުގެ 23 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗާލްޒް ޕެރޭޒް އެވެ. މި ލަނޑަށްފަހު ވެސް ބާސެލޯނާއިން މޮޅަށް ކުޅެ ނުރައްކާތެރި އެޓޭކްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް މެޗުގެ 44 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވަރޑް ލުކާކޫ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފަށް ބާސެލޯނާއިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. ނަމަވެސް އިންޓަގެ ޑިފެންޑަރުން ވަނީ ބާސެލޯނާއިން ކުރި ގިނަ އެޓޭކްތަކެއް ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ. މެޗުން ބާސެލޯނާ މޮޅު ކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުމުރުން 17 އަހަރުގެ އަންސޫ ފަޓީއެވެ. މި ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި އެންމެ ހަނގު ކުޅުންތެރިޔާ އަށެވެ.

މި ނަތީޖާ އާއި އެކު ބާސެލޯނާއިން ގްރޫޕް "އެފް" ގެ އެއް ވަނައިގައި އޮތީ 14 ޕޮއިންޓާއެކުގައެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ޑޯޓްމެންޑް އޮތީ 10 ޕޮއިންޓާ އެކުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް