ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ރާއްޖޭގެ މޫސުން

މާލޭގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ފަށައިފި

  • ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ވެސްޓްޕާރކް ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގައި

ކ. މާލެ | 11 ޑިސެންބަރ 2019 | ބުދަ 11:34 | 2,099

މާލޭގެ މަގެއްމަތީގައި ފެންބޮޑުވެފައި - ރާއްޖެއެމްވީ

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ބުދަ ދުވަހު ހެނދުނު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް ގެ ސިފައިން ކުރަމުންދާ ކަމަށެވެ.

މިވަގުތު ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ވެސްޓްޕާކް ޞަރަޙައްދާއި އައިޖީއެމް ހޮސްޕިޓަލް ކައިރި މަގުތައްކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ބުދަ ދުވަހު ހެނދުނުން ފެށިގެން މާލެ އަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބުދަ ދުވަހު ހެނދުނު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ރަށްތަކަށް ޔެލޯ އެލަރޓް ވެސް ނެރެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.