ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 09:32
އަޔަކްސް އަދި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން
އަޔަކްސް އަދި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ވެލެންސިއާ އަތްދަށުވެ އަޔަކްސް ކަޓައިފި
 
މި ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރީ ވެލެންސިއާ އަދި ޗެލްސީ
 
މި މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން މިދިޔަ ސީޒަންގައި ފެނިގެންދިޔަ އަޔަކްސް ވެލެންސިއާ އަތުން ބަލިވެ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.

އަޔަކްސްގެ ދަނޑުގައި ކުޅުނު މި މެޗުން އަޔަކްސް ބަލިވީ 1-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު އަޔަކްސް އިން އައީ ވެލެންސިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އަޔަކްސް އަށް މޮޅުވާން މަޖުބޫރު މެޗަކަށް ވުމުން އެޓީމުން ކުޅެމުން ގެންދިޔައީ އެޓޭކިންގ ގޭމެކެވެ. އެއާއި ޚިލާފަށް ވެލެންސިއާ އިން ގެންދިޔައީ ވަރުގަދަ ޑިފެންސެއް ކޮށް ކައުންޓަރ އެޓޭކްގައި އަޔަކްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލަނޑު ޖަހާ ލީޑު ނަގައިދިނީ ރޮޑްރިގޯ މޮރީނޯ އެވެ.

މި ލަނޑާއެކު އަޔަކްސް އިން އެޓީމުން ކުރަމުންގެންދިޔަ އެޓޭކްތައް އިތުރަށް ވަރުގަދަ ކުރި އެވެ. ނަމަވެސް ވެލެންސިއާގެ ޑިފެންޑަރުން އަދި ކީޕަރު ގެންދިޔައީ އެޓީމުގެ އެޓޭކްތައް ހުޝިޔާރު ކަމާއެކު ދިފާޢު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެލެންސިއާއިން އަޔަކްސް ގެ ގޯލަށް ނުރައްކާތެރި ދެ ޙަމަލާއެއް ފޮނުވައިލައިފައިވާއިރު، މި ދެ ޙަމަލާ ވަނީ އަޔަކްސް ގެ ކީޕަރު ހުޝިޔާރު ކަމާއެކު ދިފާޢު ކޮށްފައެވެ. ދެ ވަނަ ހާފުގައި ވެލެންސިއާގެ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލް ތަކެއް ފެނިގެން ގޮސްފައިވާއިރު ވެލެންސިއާގެ ގެބްރިއެލް އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލައިފައެވެ.

މި ނަތީޖާ އާއި އެކު ވެލެންސިއާއިން އޮތީ 11 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޗެލްސީ އަށް ލިބުނީ 11 ޕޮއިންޓެވެ. އަދި މި ދެޓީމުގެ ފަހަތުން އަޔަކްސް އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ. މި ގްރޫޕުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދައިފައިވަނީ އެއްވަނައިގައި އޮތް ވެލެންސިއާ އަދި ދެވަނައިގައި އޮތް ޗެލްސީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް