ހުކުރު 25 ސެޕްޓެންބަރ 2020
05 އަތަ
1442 ސަފަރު 07
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:03
އިޝާ 19:14
ރާއްޖޭގެ މޫސުން

މޫސުން ގޯސްވުމުގެ ސަބަބުން މެދުރާއްޖެތެރެއަށް ޔެލޯ އެލަރޓް ނެރެފި

  • ޔެލޯ އެލާރޓް ނެރެފައިވަނީ ބުދަ ދުވަހު ހެނދުނު 7:30 އިން 11:30 އަށް
  • ޔެލޯ އެލާރޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ދ އަތޮޅަށް

ކ. މާލެ | 11 ޑިސެންބަރ 2019 | ބުދަ 09:27 | 2,280

މާޅޭގެ މަގުމަތީގައި ފެންބޮޑުވެފައި - ރާއްޖެއެމްވީ

މޫސުން ގޯސްވުމުގެ ސަބަބުން މެދުރާއްޖެ ތެރެއަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ޔެލޯ އެލަރޓް ނެރެފިއެވެ.

މެޓް އޮފީހުން ބުދަ ދުވަހު ޔެލޯ އެލަރޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ދ އަތޮޅުގެ ރަށްތަކަށެވެ. މި އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފައިވަނީ ބުދަ ދުވަހު ހެނދުނު 7:30 އިން 11:30 އަށެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އެޞަރަޙައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 15 މޭލައި ދެމެދުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.