ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 16:44
ކްރިތީ ސެނޯން
ކްރިތީ ސެނޯން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
މިމީގައި ކްރިތީ ފެނިގެންދަނީ ސަރޮގޭޓް މަންމައެއްގެ ރޯލުން
 
މި ފިލްމްގެ 40 ޕަސެންޓް މަސައްކަތް ވަނީ ޝޫޓްކޮށް ނިމިފައި

ބޮލީވުޑްގެ ތަރި ކްރިތީ ސެނޯންގެ އަންނަން އޮތް ފިލްމް "މިމީ" ގައި އޭނާ ފެނިގެންދާނީ ސަރޮގޭޓް މަދަރ އެއްގެ ރޯލުން ކަމަށް ކްރިތީ ބުނެފިއެވެ.

މިހާރު ޝޫޓް ކުރަމުންދާ މި ފިލްމާއި ގުޅޭގޮތުން ކްރިތީ ބުނެފައިވަނީ އެ ފިލްމާއިމެދު އޭނާ ހުރީ ވަރަށް އެކްސައިޓްވެފައި ކަމަށެވެ. މި ފިލްމާއި ގުޅޭގޮތުން ކްރިތީ ބުނެފައިވަނީ މި ފިލްމުގައި ދައްކުވައިދެނީ އެކްޓަރ އަކަށްވާން ބޭނުންވާ މަންދަވާގެ ޒުވާން ނެށުންތެރިއަކު ދެމަފިރިއެއްގެ ސަރޮގޭޓަކަށްވާ މަންޒަރު ކަމަށެވެ.

އެކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ފެނިގެންދާނެ ކަމަށް ކްރިތީ ވަނީ ބުނެފައެވެ.

މި ފިލްމްގެ ސްކްރިޕްޓަކީ ވަރަށް ރީތި އަދި މަޖާ ސްކްރިޕްޓެއް ކަމަށާއި އޭނާ މިހާތަނަށް ކީ އެންމެ ރީތި އެއް ސްކްރިޕްޓް ކަމަށް ކްރިތީ ވަނީ ބުނެފައެވެ. އަދި މި ފިލްމުން ތަފާތު ގިނަ އިބްރަތްތަކެއް ހާސިލް ކުރެވޭނެ ކަމަށް ކްރިތީ ވަނީ ބުނެފައެވެ.

"ލުކާ ޗުއްޕީ" ގެ ޑައިރެކްޓަރ ލަކްސްމަން އުތޭކަރު ޑައިރެކްޓް ކުރާ މި ފިލްމްގެ 40 ޕަސެންޓް ވަނީ ޝޫޓްކޮށް ނިމިފައެވެ. މި ފިލްމް އާމުޒުވެފައިވަނީ ރާޖްސްތާންގެ މަންދަވާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް