ހުކުރު 10 އޭޕުރިލް 2020
03 އައްސިދަ
1441 ޝައުބާން 17
ފަތިސް 04:49
އިރުއަރާ 06:00
މެންދުރު 12:11
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ވިޔަފާރި - މީރާ

ނޮވެންބަރު މަހު މީރާއިން 1.15 ބިލިއަން ރުފިޔާ ބަލައިގަނެފި

  • ނޮވެމްބަރު މަހު އާމްދަނީ އިތުރުވި ސަބަބަކީ ޓީޖީއެސްޓީ، އެއަރޕޯޓް ސަރވިސް ޗާޖް، ގްރީން ޓެކްސް އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އިތުރުވުމުން
  • ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ
  • ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 51.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ

ސިމާހާ ނަސީމް
sim_kamana

ކ. މާލެ | 11 ޑިސެންބަރ 2019 | ބުދަ 08:43 | 1,545

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ - މުހައްމަދު ޝަރުހާން

ނޮވެންބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 1.15 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ޢަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ޢާމްދަނީއަށްވުރެ 17.7 އިންސައްތަ އިތުރު ޢަދަދެކެވެ. އަދި މިއީ މިއަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި ޢަދަދަށްވުރެ 33.5 އިންސައްތަ އިތުރު ޢަދަދެކެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެންބަރު މަހު ލިބުނު ޢާމްދަނީ އިތުރުވި ސަބަބަކީ ޓީޖީއެސްޓީ، އެއަރޕޯޓް ސަރވިސް ޗާޖް، ގްރީން ޓެކްސް އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމަށް މީރާ އިން ބުނެއެވެ.

މިއަހަރުގެ ނޮވެންބަރު މަހު މީރާއަށް ލިބުނު ޢާމްދަނީގެ ބޮޑު ބައެއް ޙިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 651.68 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ޢާމްދަނީއެއް ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާއިރު އެއީ 153.6 މިލިއަން ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި 73.15 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއަރޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި 60.17 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 59.73 މިލިއަން ރުފިޔާ ލިބިފައިވާއިރު އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވަނީ 152.40 މިލިއަން ރުފިޔާއެވެ.

ނޮވެންބަރު މަހު ބަލައިގަނެފައިވާ ޢާމްދަނީގެ ތެރޭގައި 51.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު ޢާމްދަނީ އަކީ 927.61 މިލިއަން ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.