އާދީއްތަ 26 ޖެނުއަރީ 2020
8 ހުވަން
1441 ޖުމާދުލް އާހިރަތު 01
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33
ރާއްޖެ - އެންޓި ޓޯޗަރ ޤާނޫނު

އަނިޔާ މަނާ ކުރުމުގެ ޤާނޫނަށް 7 އަހަރުވީއިރު، މިހާތަނަށް މީހެއްގެ މައްޗަށް އެ ކުށް ސާބިތުވެފައެއް ނުވޭ!

  • އެންޓި ޓޯޗަރ ޤާނޫނު ވުޖޫދުވީ 2013 ވަނަ އަހަރުގައި
  • ނިޒާމުގެ ބޮޑު މައްސަލަތަކެއް އުޅޭކަން ޖީހާން ފާހަގަކުރެއްވި
  • ޓޯޗަރ ގައި ދައުވާ ކުރާ މަރުޙަލާއަށް ގޮސްފައިވަނީ އެންމެ 5 މައްސަލަ

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 11 ޑިސެންބަރު 2019 | ބުދަ 08:27 2,567

ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ބައެއް މަރުތައް - ރާއްޖެ އެމްވީ

އެންޓި ޓޯޗަރ ޤާނޫނު (އަނިޔާ މަނާ ކުރުމުގެ ޤާނޫނު) އަށް 7 އަހަރުވީއިރުވެސް މިހާތަނަށް އެ ޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ޓޯޗަރ ގެ ކުށް މަނާ ކުރުމާއި، ރަޙުމުކުޑަ އަދި ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް 2013 ވަނަ އަހަރު ވުޖޫދަށްގެނައި އެންޓި ޓޯޗަރ ޤާނޫނަށް 7 އަހަރުވެފައިވާއިރު، އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ، އެ ޤާނޫނުގެ ދަށުން މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވެފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރުކަންވެސް ކުރައްވާ ޖީހާން އިތުރަށް ވިދާޅުވީ، މީހެއްގެ މައްޗަށް ލާއިންސާނީ ނުވަތަ ދަށު ދަރަޖައިގެ ޢަމަލެއް ކޮށްގެން މިހާތަނަށް އެއްވެސް މީހަކު އެ ޤާނޫނުގެ ދަށުން ޒިންމާދާރު ކުރެވިފައި ނުވާކަމަށެވެ. އަދި އެކަމުން ދޭހަވެގެން ދަނީ ނިޒާމުގެ ބޮޑު މައްސަލަތަކެއް އުޅޭކަން ކަމަށް ޖީހާން ވިދާޅުވިއެވެ.

އެއްވެސް ގޮތަކަށް ޖާއިޒް، އެއްވެސް ގޮތަކަށް ޖަސްޓިފައިއެއް ނުކުރެވޭ އެއްވެސް މީހަކާއި ދޭތެރޭގައި ލާއިންސާނީ ދަށުދަރަޖައިގެ އަމަލު ކުރުމެއް އަދި އަނިޔާ ކުރުމެއް، އެފަދަ އަމަލުތައް ކުރާ މީހުންނާމެދު މި ވޭތުވެދިޔަ ތާނގައި ދިވެހިރާއްޖޭގައި ނެތް ފިޔަވަޅުއަޅާފައެއް، ދިވެހިރާއްޖެއިން ފާސްކުރި އަނިޔާ މަނާކުރުމުގެ ޤާނޫނެއް 2013 ވަނަ އަހަރު، އެހާތަނަށް އައިސް މިއަދު މީ އަޅުގަނޑުމެން މި ވަންނަނީ 2020 ވަނަ އަހަރަށް، ވަންނައިރު އަދި ނެތް މި ޤާނޫނުގެ ދަށުން އެންމެ މީހަކުވެސް ޒިންމާދާރު ކުރެވިފައެއް، އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވޭ މީހަކަށް އަނިޔާކޮށްގެންނެއް، މީހަކަށް ؛ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ކޮށްގެންނެެއް

~ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު

ޖީހާން ވިދާޅުވީ، އަނިޔާ ކުރާ މީހުން ނިޒާމުގެ ތެރެއިން ރައްކާ ކުރާ ކަމަށާއި، އެކަމުގައި އެކި ފަރާތްތަކުގެ ނުފޫޒު ހިމެނޭ ކަމަށެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ޓޯޗަރގެ 200 އަށްވުރެ ގިނަ މައްސަލައެއް ބަލާފައިވާއިރު، އޭގެ ތެރެއިން ދައުވާ ކުރާ މަރުޙަލާއަށް ގޮސްފައިވަނީ އެންމެ 5 މައްސަލަކަން ފާހަގަކުރައްވައި ޖީހާން ވިދާޅުވީ، އޭގެ ތެރެއިންވެސް ޕްރޮސެކިއުޓަރ ޖެނެރަލްއިން ދައުވާ ކުރުމަށް ކޯޓަށް ފޮނުވާފައިވަނީ އެންމެ މައްސަލައެއް ކަމަށެވެ.

އެގޮތުން އެ މައްސަލަވެސް އަދިވެސް ނުނިމޭކަން ޖީހާން ފާހަގަކުރެއްވިއެވެ.

އަނިޔާ މަނާކުރުމުގެ ޤާނޫނަށް 7 އަހަރުވީއިރުވެސް އެ ޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ފިޔަވަޅެއް އެޅިފައިނުވި ނަމަވެސް ފާއިތުވި އަހަރުތަކުގައި ގޭންގް މާރާމާރީތަކާއި ގޮތްނޭނގޭ މަރުތައް އިންތިހާއަށް ހިނގާފައިވެއެވެ. އަދި އެކަންކަމުގައި އޭރު ދައުލަތުގެ މުޢައްސަސާތަކުން އިހުމާލުވެފައިވާކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އައު ސަރުކާރެއް އައިސް މިފަދަ މައްސަލަތައް ބަލަން ފަށާފައިވާއިރު، އެފަދަ މައްސަލަތައް ބެލުމަށް މަޖިލީހުގައި "ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ" ނަމުގައި ކޮމިޓީއެއް އުފައްދައި އެ ކޮމިޓީގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް