ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 08:19
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު މަޖިލީހުގެ ޖެންޑަރ ކޮމިޓީ ބައްދަލުވުމެއްގައި،
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު މަޖިލީހުގެ ޖެންޑަރ ކޮމިޓީ ބައްދަލުވުމެއްގައި،
ރާއްޖެއެމްވީ
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށައެޅޭ އެއްވެސް މައްސަލައެއް ބޭރުކޮށްނުލާނަން: މުޤައްރިރު
 
ލާއިންސާނީ ކަންކަމާއި ދެކޮޅަށް މަސައްކަތް ކުރުމަކީ މަޖިލީހުގެ އެންމެ މުހިއްމު އެއް ވައުދު
 
އާންމު ފަރުދުން ހުށައަޅާ މައްސަލަތައްވެސް ތަފާތުކުރުމެއް ނެތި ބަލާނެ
 
ރައްޔިތުންގެ ފަރާތުން ލިބޭ "ފީޑްބެކް" ރަނގަޅު ކަމަށް ވިދާޅުވި

އިންސާނީ ޙައްޤުތަކާއި ގުޅޭ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށާއި އެއްވެސް މައްސަލައެއް ބޭރުކޮށްނުލާނެ ކަމަށް އެ ކޮމިޓީގެ މުޤައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ، ކޮމިޓީން އެފަދަ މައްސަލަތައް ބަލާނެކަން ރައްޔިތުންނަށްވެސް އަންގަމުންދާ ކަމަށާއި، ރައްޔިތުންގެ ފަރާތުން ލިބޭ "ފީޑްބެކް" އިންވެސް އެކަން ދޭހަވެގެންދާ ކަމަށެވެ.

އެގޮތުން މުއައްސަސާތަކުގެ އިތުރުން ޢާންމު ފަރުދުން ހުށައަޅާ މައްސަލަތައްވެސް ތަފާތުކުރުމެއް ނެތި ބަލާފައިވާނެ ކަމަށާއި، ހުށައަޅާފައިވާ އެއްވެސް މައްސަލައެއް ބަަލައިނުގަނެ ދޫކޮށްލާފައިނުވާނެ ކަމަށް ޖީހާން ވިދާޅުވިއެވެ. އެގޮތުން ކޮމިޓީގެ މެންޑޭޓުން ބޭރު މައްސަލައެއް ހުށައެޅި ނަމަވެސް، އެ މައްސަލަ އަނބުރާ ފޮނުވާނުލައި އެ މައްސަލަ ކަމާބެހޭ އިދާރާއަކަށް ފޯރުކޮށްދެއްވާކަމަށް ޖީހާން ވިދާޅުވިއެވެ.

ހުރިހާ މައްސަލައެއްގައި އެކަމާބެހޭ ވުޒާރާއަކާއި ހަމައަށް އެމީހަކު އަޅުގަނޑުމެންނާއި ހަމައަށް ފޯރުކޮށްދޭ މައްސަލައެއް، އަޅުގަނޑުމެމް ނުބުނާނެ އެ ވުޒާރާއަކަށް ދާށެކޭ، އޭގެ ބަދަލުގައި އަޅުގަނޑުމެން އެ މައްސަލަ ރައްޔިތު މީހާގެ ފަރާތުން އެ ވުޒާރާއަކަށް ފޯރުކޮށްދީފައި ދެން އޭނައަށް އިންފޯމް މި ކުރަނީ މިހާރު އަޅުގަނޑުމެން އެ ވުޒާރާއަށް މައްސަލަ ނުވަތަ އެ ސާފުކުރަން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ފޮނުވައިފީމޭ، މިހާރު އެތަނުން ލިބޭނޭ،
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު

ޖީހާން އިތުރަށް ވިދާޅުވީ، އަނިޔާވެރިކަމާއި ލާއިންސާނީ ކަންކަމާއި ދެކޮޅަށް މަސައްކަތް ކުރުމަކީ މުޅި މަޖިލީހުގެ އެންމެ މުހިއްމު އެއް ވަޢުދު ކަމަށާއި، މާފުށީ ޖަލުގައި ބާރުގެ ބޭނުންކޮށްގެން ޤައިދީން ތަކަކަށް އަނިޔާ ކުރިކަމަށް ބުނާ މައްސަލަވެސް މަޖިލީހުގެ ޤައުމީ ސަލާމަތާއިބެހޭ ކޮމިޓީއާއި ޖެންޑަރ ކޮމިޓީން ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން އެ ޢަމަލުގައި ބައިވެރިވި އޮފިސަރުން ސަސްޕެންޑްކުރި ކަމަށާއި، އެ މައްސަލައިގެ ފައިނަލް ރިޕޯރޓް ކޮމިޓީއަށް ލިބިފައިވާކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގެ އާބާދީއަކީ ދުނިޔޭގެ ނިޞްބަތުންވެސް ބޮޑު އާބާދީއެއް ކަމަށާއި، އޭގެ ތެރެއިން 90 އިންސައްތަ ޤައިދީންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި ފަރާތްތަކަށްވާއިރު، ރިހެބިލިޓޭޝަން ފަރުވާގެ އެކަށީގެންވާ ނިޒާމެއް ނެތްކަން ޖީހާން ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި އަސްލު ބޭނުން މިވަނީ ރިހެބިލިޓޭޝަން ފަރުވާ، ތައުހީލީ ފަރުވާ ބޭނުންމިވަނީ، މި ފަރުވާ ރާއްޖޭގައި ފޯރުކޮށްދެން މިހުރީ ދެތަނެއް، މި ތަނުގެ ޖާގައެއް ނެތް، މިތަނަކުން ފަރުވާއެއް ނުލިބޭ، މުޖުތަމައުގައި ފަރުވާ ނުލިބި އެހާ ގިނަ މީހުން ތިބުމުގެ ސަބަބުން މި މީހުން މިދަނީ ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަމުން،
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު

އޭގެ އިތުރުން، ފާއިތުވި ސަރުކާރުގައި ހިނގާފައިވާ އެކި ކަންކަމާއި ގުޅިގެން އޭރުގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުންނަށް ބޮޑެތި ފާޑުކިއުންތަކެއް ޢަމާޒު ވެފައިވާއިރު، ޖެންޑަރ ކޮމިޓީގެ މެންބަރުންވެސް ވަނީ ފާއިތުވި ސަރުކާރުގައި އިންސާނީ ޙައްޤުތަކަށް އެތައް ގޮތަކުން އަރައިގަނެފައި ވާއިރުވެސް ކޮމިޝަނުން އެކަންކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކޮށްފައެވެ.

އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އަނިޔާވެރިވުމުގެ 10 މައްސަލައެއް އެ ކޮމިޝަނުން ނުބަލައި ދޫކޮށްލި މައްސަލައެއްވެސް ކޮމިޓީން ބަލާފައިވާއިރު، ކޮމިޓީގެ މެންބަރުން ވަނީ ޤުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތުވެސް ބައްލަވާފައެވެ. އެގޮތުން އެއީ ފުރަތަމަ ފަހަރަށް މަޖިލީހުގެ ކޮމިޓީއަކުން އެ މަރުކަޒަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް