ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 08:37
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
މަސްވެރިކަމުގެ ސިނާޢަތް ކުރިނާރާ އޮތީ ސަރުކާރުން ކޮންޓްރޯލް ކުރަމުން ދިޔުމުން: ރައީސް ޞާލިޙު
 
މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާނީ ސަރުކާރާއި މަސްވެރި ޞިނާޢަތުގައި ޙަރަކާތްތެރިވާ އަމިއްލަ ވިޔަފާރިވެރިން ގުޅިގެން
 
ސަރުކާރުގެ ސިޔާސަތަކީ، މަސްވެރިކަމުގެ ޞިނާޢަތުގައި، އިންވެސްޓް ކުރުމުގެ މަގު، އަމިއްލަ ވިޔަފާރިވެރިންނަށް ވީހާވެސް ބޮޑަކަށް ހުޅުވުން
 
އިޤްތިޞާދީ ޞިނާޢަތްތަކުގައި އިންވެސްޓް ކުރަން އަމިއްލަ ވިޔަފާރިވެރިންނަށް ފުރުޞަތު ދިނުމުގެ ފައިދާ، މިހާރު ފެންނަމުންދޭ

މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައި މިވަނީ މަސްވެރިކަމުގެ ޞިނާޢަތުގެ ތެރެއަށް ވަނުމަށް، ޢާންމު ވިޔަފާރިވެރިންނަށް އެކަށީގެންވާ ފުރުޞަތުތައް ފަހިކޮށްނުދީ، ސަރުކާރުން ކޮންޓްރޯލް ކުރަމުން ދިޔުމުގެ ނުރަނގަޅު ނަތީޖާކަމަށް ރައީސުލްޖުމްހޫރިއްޔާާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާާޅުވެއްޖެއެވެ.

39 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ 1970ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކުރަން ފަށައި، މަސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށި ހިސާބުން، ދިވެހި މަސްވެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިކަމަށާއި، ފަތުރުވެރިކަން ފެށުނީވެސް ހަމަ އެދުވަސްވަރުގައި ކަމަށެވެ. ނަމަވެސް ފެނިގެންދިޔަ ހަޤީޤަތަކީ ދިވެހިން ކުރަމުން އައި މަސްވެރިކަން ފަހަތަށް ޖައްސާލުމަށްފަހު، އަލަށް އުފަންވި ފަތުރުވެރިކަން، މާ ހަލުވި ދުވެއްޔެއްގައި އިޤްތިޞާދީ ރޭހުގެ ކުރިއަށް އަރައިގެންދިޔަ މަންޒަރުކަމަށެވެ.

އެކަމުގެ ސަބަބެއްގެ ގޮތުގައި ރައީސް ޞާލިޙު ވިދާޅުވީ މަސްވެރިކަމުގެ ޞިނާޢަތުގެ ތެރެއަށް ވަނުމަށް، ޢާންމު ވިޔަފާރިވެރިންނަށް އެކަށީގެންވާ ފުރުޞަތުތައް ފަހިކޮށްނުދީ، ސަރުކާރުން ކޮންޓްރޯލް ކުރަމުން ދިޔުންކަމަށެވެ. ރައީސް ވިދާޅުވީ މިއަދު ރައްޔިތުންނާ ކުރިމަތިލާންޖެހިފައި މިވަނީ އެ ސިޔާސަތުގެ ނުރަނގަޅު ނަތީޖާއާއިކަމަށެވެ.

އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ދިވެހިން މި ރަށްތަކުގައި ވަޒަންވެރިވި ދުވަހުން ފެށިގެން ކުރަމުން އައި މަސްވެރިކަން ފަހަތަށް ޖައްސާލާފައި، އަލަށް އުފަންވި ފަތުރުވެރިކަން، މާ ހަލުވި ދުވެއްޔެއްގައި އިޤްތިޞާދީ ރޭހުގެ ކުރިއަށް އަރައިގެންދިޔަ މަންޒަރު. އެކަމުގައި އަޅުގަނޑަށް ފެންނަން އޮތީ ހަމަ އެންމެ ސަބަބެއް. އެއީ މަސްވެރިކަމުގެ ޞިނާޢަތުގެ ތެރެއަށް ވަނުމަށް، ޢާންމު ވިޔަފާރިވެރިންނަށް އެކަށީގެންވާ ފުރުޞަތުތައް ފަހިކޮށްނުދީ، ސަރުކާރުން ކޮންޓްރޯލް ކުރަމުން ދިޔުން. މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައި މިވަނީ އެ ސިޔާސަތުގެ ނުރަނގަޅު ނަތީޖާއާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައިސް ޞާލިޙު ވިދާޅުވީ ފަތުރުވެރިކަމެކޭ އެއްގޮތަށް 70ގެ އަހަރުތަކުގެ ތެރޭގައި، މަސްވެރިކަމުގެ ޞިނާޢަތުގައި އިންވެސްޓް ކުރުމުގެ ފުރުޞަތު، އަމިއްލަ ވިޔަފާރިވެރިންނަށް ދިންނަމަ، މިއަދު މި ޞިނާޢަތުވެސް ފަތުރުވެރިކަމާ އެއްވަރަށް، ނުވަތަ އެއަށްވުރެވެސް ބޮޑަށް ތަރައްޤީވާނެކަމާއި މެދު އެއްވެސް ދެބަސްވުމެއް ނެތްކަމަށެވެ.

އިޤްތިޞާދީ ޞިނާޢަތްތަކުގައި އިންވެސްޓް ކުރަން އަމިއްލަ ވިޔަފާރިވެރިންނަށް ފުރުޞަތު ދިނުމުގެ ފައިދާ، މިހާރު ފެންނަމުން ދާކަން ފާހަގަކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ އެންސިސް ގުރޫޕުގެ ފަރާތުން، ހޯމަ ދުވަހު ހުޅުމާލޭގައި ހުޅުވި، ދަޅުމަސް ބަންދުކުރާ ކާރުޚާނާއަކީ އެކަމުގެ ވަރަށް ރަނގަޅު ހެއްކެއްކަމަށެވެ. ރައީސް ވިދާޅުވީ މަސްވެރިކަން ފެށުނު ދުވަސްވަރު މިފަދަ ފުރުޞަތުތައް ފަހިކޮށްދެއްވިނަމަ ޕްރައިވެޓްް އިންވެސްޓްމަންޓްތަކާއެކު ރާާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު ކުރިއަރާނެ މިންވަރު ތަޞައްވަރުކުރަންވެސް ދަތިވާނެކަމަށެވެ.

ޙަފުލާގައި އިތުރަށް ވާހަކަދައްކަވަމުން ރައީސް ޞާލިޙު ވަނީ ސަރުކާރުގެ ސިޔާސަތަކީ، މަސްވެރިކަމުގެ ޞިނާޢަތުގައި، އިންވެސްޓް ކުރުމުގެ މަގު، އަމިއްލަ ވިޔަފާރިވެރިންނަށް ވީހާވެސް ބޮޑަކަށް ހުޅުވައިލަދީ، އެކަމުގައި އެހީތެރިވެދިނުންކަމަށް ވިދާޅުވެފައެވެ. ރައީސް ޞާލިޙު ވިދާޅުވީ ސަރުކާރުގެ މަޤްޞަދަކީ، ސިޔާސަތުތައް ކަނޑައަޅައި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކޮށް ރާއްޖޭގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދައިދިނުމަށް މަސައްކަތް ކުރުންކަމަށެވެ.

ސަރުކާރު ވުޖޫދަށް އައިއިރު ދާއިރާ އޮތް ޙާލަތު ފާހަގަކޮށް ރައީސް ވިދާޅުވީ އުތުރުގެ އަތޮޅުތަކުގައި، ދޮށީގެ މަސްވެރިކަން ދިޔައީ ވަޅުޖެހެމުންކަމަށާއި މަސްވެރިކަން ތިޔާގި މޫސުމުގައި، މަސް ގަތުމުގެ ޤާބިލުކަން، މަސް ކުންފުނިތަކުގައި ނެތްކަމަށާއި މަސްވެރިކަމަށް ބޭނުންވާ ފެނާއި ތެލާއި، އައިސް ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ނެތްކަމަށެވެ.

ރައީސް ވިދާޅުވީ 1990 އަހަރުގެ ތެރޭގަައި މަސްވެރިކަން ރަނގަޅުވިކަމަށާއި ނަމަވެސް ސަރުކާރުގެ ކުންފުނި، މިފްކޯގައި މަސް އެވަރަށް ގަނެވޭނެ ވަރުގެ ކެޕޭސިޓީއެއް ނެތްކަމަށެވެ. އެގޮތުން އެ ދަތިތަށް ޙައްލުކުރުމަށް 4 ސަރަހައްދަކަށް ބަހައި 4 ކުންފުންޏަކަށް މަސްގަތުމުގެ އެސްކުްލޫސިވް ރައިޓްސް ދިންކަމަށެވެ. ޙައްލުކުރުމަށް އެޅި ފިޔަވަޅާއެކު އެ ކުންފުނި ތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާކަން ރައީސް ޞާލިޙު ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ދިވެހި މަސްވެރިން ބާނާ މަސް ކިރުމުގައާއި މަހަށް ހަމަ އަގު ހޯދައިދިނުމުގެ ފެންވަރު މިފްކޯގައި ނެތްކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި މިހާރު ޤާއިމުވެފައި ހުރި ޕްރޮސެސިންގެ ފެސިލިޓީތަކަށް ބަލާއިރު، ދުވާލަކަށް ޕްރޮސެސް ކުރެވެނީ 130 މެޓްރިކް ޓަނުގެ ކަޅުބިލަމަސް. އެހެންކަމުން އަހަރަކު 300 ދުވަހު މަސް ފްރޮސެސް ކުރިޔަސް، އިތުރު އިންވެސްޓްމަންޓަކާއި ނުލައި، އަހަރެއްގެ މައްޗަށް ޕްރޮސެސް ކުރެވޭނީ. 39000 ޓަނުގެ މަސް. މުޅި ރާއްޖެއަށް އަހަރަކު 90000 ޓަނުގެ މަސް ބާނާއިރު، އެ މަސް ގަތުމަށާއި، ޕްރޮސެސް ކުރުމަށް އަޅުގަނޑުމެން މިވަނީ ނުކުޅެދިފައި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

މަސްވެރިކަމުގެ ސިޔާސަތަށް މި ސަރުކާރުން ގެންނަ އެންމެ ބޮޑު އެއް ބަދަލަކީ، މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލުންކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެކަން ފުރިހަމަކުރުމުގެ ކަންކަން ކުރުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިޔަށްދާކަމަށާއި މިބަދަލުގެ ސަބަބުން މަސްގަތުމުގެ ފުރުޞަތު އިތުރު ކުންފުނިތަކަށް ހުޅުވި، މަސްވެރިން ބާނާ މަސް، ކަނޑަށް އުކާލަން ނުޖެހި، ޢާމްދަނީ އިތުރުކުރެވޭނެކަމަށެވެ.

ސަރުކާރުގެ ޢަމާޒަކީ، ދިވެހިންގެ ޙިއްޞާ އިތުރުވާގޮތަށް، ލޯބޮޑު ކަންނެއްޔަށް ޢަމާޒުކޮށްގެން، ލޭނުގެ މަސްވެރިކަމުގެ ސިޔާސަތު ބައްޓަންކޮށް، ދިވެހިރާއްޖެއަށް މިކަމުން ލިބޭ ޢާމްދަނީ އިތުރުކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

އައިސް އުފައްދާ ނިސްބަތް، 5 އަހަރު ދުވަހުގެ ތެރޭގައި، މަހެއްގެ މައްޗަށް 12000 ޓަނަށް އިތުރުކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ ވަޢުދެއް. ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި، މި ވަޢުދުގެ 50 އިންސައްތަ މިހާރުވަނީ ޙާޞިލުކުރެވިފައި. މި އަހަރުގެ ތެރޭގައި ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި، ޕްރައިވެޓް ސެކްޓަރއިން ޤާއިމުކުރި އައިސް ޕްލާންޓްތަކުގެ ސަބަބުން، މަހެއްގެ މައްޗަށް އިތުރު 6000 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިއްޖެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ޞިނާޢަތު ކުރިއަރަންވީވަރަށް ކުރިނާރައި ގިނަ ދުވަސްތަކެއް ޙާލުގައި ކަޑައްތުކުރަންޖެހުނީ ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ރަނގަޅު ސިޔާސަތެއް ކަނޑައަޅައި ތަންފީޒުކޮށްފައި ނެތުމުންކަމަށާއި ދިވެހި މަސްވެރިކަމުގެ ބާވަތާއި، ދިވެހިންގެ ތަޖުރިބާއަށް ބަލާއިރު، ދިވެހިން މިއަދު ތިބެންޖެހޭނީ، އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ބަސް ބުނެވޭ ބައެއްގެ ގޮތުގައިކަމަށެވެ. ރައިސް ޞާލިޙު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވާނީ ސަރުކާރާއި މަސްވެރި ޞިނާޢަތުގައި ޙަރަކާތްތެރިވާ އަމިއްލަ ވިޔަފާރިވެރިން ގުޅިގެންކަމަށެވެ.

ރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ރަނގަޅު އަގު ހޯދަން ބޭނުންނަމަ، މަހުގެ އަގާމެދު ބަސް ބުނުމުގެ ބާރު، އަޅުގަނޑުމެންގެ އަތްމައްޗަށް ނަގަންޖެހޭ. މިހާރު ކަން އޮތީ އެހެނެއް ނޫން. ދިވެހިން ބާނައި އެކްސްޕޯޓްކުރާ މަހަށް އަގު ކަނޑައެޅުމުގެ އިޚްތިޔާރު މިހާރު އޮތީ، މަސް ގަންނަ ބޭރުގެ ކުންފުނިތަކުގެ އަތްމަތީގައި. މިއީވެސް ބަދަލުކުރެވޭނެ ކަމެއް. ދިވެހިންގެ ދޮށީގެ މަސްވެރިކަމަކީ، ބޮޑު އަގުގައި ވިއްކޭނެ އެއްޗެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް