ހުކުރު 25 ސެޕްޓެންބަރ 2020
05 އަތަ
1442 ސަފަރު 07
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:03
އިޝާ 19:14
އަލީ ސީޒަން

ސީޒަން އަށް ''ލޯބިވެވިއްޖެ''

  • ފިލްމުގައި މަޝްހޫރު ތަރިން ތަކެއް ހަރަކާތްތެރިވޭ
  • ޝޫޓިން ފަށަނީ މި މަހު 23 ގައި
  • މިއީ އެސް ޕްރޮޑަކްޝަންގެ ދެވަނަ ފިލްމު

ކ. މާލެ | 11 ޑިސެންބަރ 2019 | ބުދަ 08:39 | 3,236

ލޯބިވެވިއްޖެ ފިލްމު ލޯންޗު ކުރުމުގެ ތެރެއިން - ރާއްޖެއެމްވީ

މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަންގެ އެސް ޕްރޮޑަކްޝަންގެ ދެވަނަ ފިލްމު ''ލޯބިވެވިއްޖެ'' ގެ މަސައްކަތް ފަށައިފިއެވެ.

ސީޒަން ޑައިރެކްޓްކުރާ މި ފިލްމުގައި ޙަރަކާތްތެރިވާ ކާސްޓުންނާއި އެކު ސޮއިކުރުމަށް ރަސްމިއްޔާތެއް ވަނީ އަންގާރަ ދުވަހުގެރޭ ޓިއުލިޕް ރެސްޓޯރެންޓުގައި ބާއްވާފައެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ، މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮން އައްޔަ) އިރުފާނާ އިބްރާހިމް، އަދި އަހުމަދު އީސަ (އާނަންދު) ހިމެނޭއެވެ. އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ލޯބިވެވިއްޖެ އަކީ ސީޒަންގެ ދެވަނަ ފީޗަރ ފިލްމެވެ.

ފިލްމާއި ބެހޭ ގޮތުން މިޑިއާ ވާހަކަ ދައްކަމުން ސީޒަން ބުނީ، ފިލްމުގެ މަންޒަރުތައް ޝޫޓް ކުރަން ފަށާނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ފިލްމުގެ ފުރަތަމަ މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ ގދ. ތިނަދޫގައެވެ. ތިނަދޫގައި ނަގަން ޖެހޭ މަންޒަރުތައް 20 ވަރަކަށް ދުވަހު ނިންމާލުމަށް ފަހު ދެން ބާކި ހުރި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ ގައެވެ. ސްރީލަންކާގައި ނަގާ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ ތެރޭގައެވެ.

ޝާނީޒް އަދި ޝާނަޒް ޕްރޮޑިއުސްކުރާ މި ފިލްމުގައި މަޝްހޫރު މިއުޒިކް ބޭންޑް ގްރެވިޓީން ވަނީ ލަފަކިޔާދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.