ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 00:24
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު
މުރުޝިދް އަބްދުލް ހަކީީމް
ނިހާނުގެ މައްޗަށް ފައިސާ ދައްކަން ހުކުމް ކުރުން
އާހާބަރު ފުޑްކޯޓަށް ކުލި ނުދެއްކުމުން ނިހާނުގެ މައްޗަށް 9 ލައްކަ ރުފިޔާ އެސްޓީއޯއަށް ދެއްކުމަށް ހުކުމް ކޮށްފި
 
އެފައިސާ ސިވިލް ކޯޓަށް 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމުގައިވޭ
 
ޖުމްލަ 959،362.25ރ ދައްކަންޖެހޭކަން ޝަރީއަތަށް ސާބިތުވެފައިވޭ
 
ނިހާނުއާއި އެސްޓީއޯ އާދެމެދު ހާބަރު ފުޑްކޯޓު ޔުނިޓް 22ގެ އެއްބަސްވުން ވެފަައިވަނީ 4 ޖޫން 2018ގައި

މާލޭގެ ހުޅަނގު، އާހާބަރު ސަރަހައްދުގައި އެސްޓީއޯއިން ހަދާފައިވާ ފުޑްކޯޓުތަކުގެ ތެރެއިން ފުޑްކޯޓެއް ކުއްޔަށް ހިފުމަށްފަހު، އެ ފުޑްކޯޓުގެ ކުލި ނުދެއްކުމުގެ ސަބަބުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާނު ހުސައިން 9 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އަންގާރަ ދުވަހު ސިވިލް ކޯޓުން ނިހާނުގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ނިހާނު އާއި އެސްޓީއޯ އާދެމެދު 4 ޖޫން 2018 ގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން، ފުޑްކޯޓު ޔުނިޓް 22 ނިހާނުއަށް 5 އަހަރު ދުވަހަށް ކުށްޔަން ދޫކޮށްފައިވާއިރު، ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައިނުވާތީ، ކުއްޔާއި މެއިންޓަނަންސް ފީގެ ގޮތުގައި 16 ޖޫން 2019ގެ ނިޔަލަށް 893،901.97ރ އާއި އެތަނުގެ ކުލި އެއްބަސްވުމާ އެއްގޮތަށް ދައްކާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި 65،460.28ރ އާއެކު ޖުމްލަ 959،362.25ރ ދައްކަންޖެހޭކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މީގެއިތުރުން އެހުމުގައި ބުނެފައިވަނީ، 959،362.25ރ އެސްޓީއޯއަށް ލިބިދިނުމުގެ ގޮތުން 10 ޑިސެމްބަރު 2019 އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެމަހަކަށްޖެހޭވަރު އެމަހަކު ދައްކަމުންގޮސް، އެފައިސާ އެއްކޮށް ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށް ނިހާނުގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައި ވެއެވެ.

ނިހާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ނުފޫޒުފަދަ އެއްބޭފުޅާ އެވެ. ނިހާނަކީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، ނިމިދިއަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޕީޕީއެމާއި ޕީޕީއެމް ކޯލިޝަންގައި ހިމެނޭ މެމްބަރުންގެ މައްޗަށް ތުހުމަތު ކުރެވޭއިރު، ނިހާނުގެ ކުއްލި މުއްސަނދި ދިރިއުޅުމުގެ ވާހަކަތައް ސޯސަލް މީޑިއާގައި ފެތުރެމުންދިޔަ އެވެ.

އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ފެއިލްވެވަޑައިގެންނެވުމާއެކު، ނިހާނު ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
14%
71%
0%
0%
0%
14%
ކޮމެންޓް