ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 00:45
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ރޮނާލްޑޯ
ކޮމްޕިއުޓަރ ޑޭޓާ އިން ދައްކާގޮތުގައި ރޮނާލްޑޯއަކީ ދުނިޔޭގެ މިހާރުގެ 25 ވަނަ
 
ރޮނާލްޑޯ ހިމެނެނީ 25 ވަނައިގައި
 
ދެވަނައިގައި އޮތީ ނެދަލޭންޑްސްގެ އަޔަކްސް އަށް ކުޅެމުން އަންނަ ހަކީމް ޒިޔަޗް
 
އެއްވަނައިގައި އޮތީ ލިއޮނަލް މެސީ

ކޮމްޕިއުޓާރ އަލްގޯރިދަމް އަކުން ދައްކާ ގޮތުގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި 5 ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ހިމެނެނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ 25 ވަނައިގައެވެ.

އިންސްޓެޓް އިން ޑިޒައިން ކޮށްފައިވާ މި ޕްރޮގުރާމުން ކުޅުންތެރިޔާ ރޭންކްކުރަނީ ކުޅުންތެރިޔަކު މެޗެއްގައި އެ ޓީމަށް މޮޅެއް ހޯދުމަށް ކޮންޓްރިބިއުޓް ކުރާ ވަރާއި ކުޅުންތެރިޔާ އެ މެޗެއްގައި ދައްކާ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ. އަދި މޮޅެއް ހޯދުމަށް އެ ކުޅުންތެރިޔަކު ދައްކާ ތަފާތު ކުޅުމުގެ މައްޗަށެވެ.

މި ޑޭޓާއިން ދައްކާ ގޮތުގައި ލިސްޓުގެ އެއްވަަނައިގައި ހިމެނެނީ ގިނަ ބަޔަކު ސިއްސުވާލައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 6 ވަނަ ފަހަރަށް ކާމިޔާބުކުރި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. ދެވަނައިގައި ހިމެނެނީ ނެދަލޭންޑްސްގެ މަޝްހޫރު ކްލަބް، އަޔަކްސް އަށް ކުޅެމުން އަންނަ ހަކީމް ޒިޔަޗްއެވެ.

ތިންވަނައިގައި ހިމެނެނީ ހަކީމް އަށް ވުރެން 11 ޕޮއިންޓް މަދުވެ ފީފާ ވޯލްޑް ކަޕް ޓީޏޭޖް އުމުރުގައި ކާމިޔާބުކޮށް އަދި ވޯލްޑްކަޕް ފައިނަލްގައި ޓީނޭޖް އުމުރުގައި އަލަށް މަޝްހޫރު ފުޓުބޯޅަ ތަރި ޕެލޭއަށް ފަހު ލަނޑެއް ކާމިޔާބުކުރި ޕެރިސް ސެއިންޓް ޖާމަންގެ ކީލިއަން އެމްބާޕޭއެވެ.

މި ޑޭޓާތަކުން ދައްކާ ގޮތުގައި ސެރީއޭގެ މޮޅުކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯ ހާސިލް ކުރިނަމަވެސް އޭނާ އަކީ މުޅި އިޓަލީއަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ފަސްވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަދި ބައިނަލް އަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރޮނާލްޑޯއަކީ އޮއްސެމުންދާ ތަރިއެކެވެ. އެގޮތުން މިހެން ދިމާވި ސަބަބެއްގެ ގޮތުގައި ހުރިހާ ފަރާތަކުންވެސް ފާހަގަކުރަނީ މަޝްހޫރު ކްލަބް ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް