ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 19:33
ޗިލީގެ އެއާފޯސްގެ ފްލައިޓެއް
ޗިލީގެ އެއާފޯސްގެ ފްލައިޓެއް
ގެޓީ އިމޭޖަސް
ޗިލީ
ގެއްލުނު ޗިލީގެ ފްލައިޓް ވަނީ ވެއްޓިފައި
 
އެއާފޯސް އިން އުއްމީދު ކުރަނީ ބަޔަކު ސަލާމަތުން ތިބެދާނެ ކަމަށް
 
ފްލައިޓް ލޮކޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
 
ފްލައިޓްގައި 38 މީހުން ދަތުރުކުރި

38 މީހުންނާއި އެކު ދަތުރުކުރަމުން ދަނިކޮށް 12 ގަޑިއިރަށް ވުރެ ގިނައިރުވަންދެން ގެއްލުނު ޗިލީ އެއާފޯސްގެ ކާގޯ ފްލައިޓް ވެއްޓިފައިވާ ކަމަށާއި، ސަލާމަތުން ބަޔަކު ތިބިތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޗިލީގެ އެއާފޯސް އިން ބުނެފިއެވެ.

ޗިލީގެ ޕުންޓަ އެރެނަސް އިން ހޯމަ ދުވަހު އެ ގައުމު ގަޑިން ހަވީރު 16:55 ފުރައިގެން އެންޓަރޓިކާގެ ބޭސް އަކަށް ދަތުރުކުރި ހާކިއުލެސް މަރުކާގެ ފްލައިޓާއި އޮޕަރޭޓަރާއި ދެމެދު މުއާސަލާތީ ގުޅުން ކެނޑުނީ ޗިލީ ގަޑިން ހަވީރު ހައެއް ޖެހިހާއިރުއެވެ.

އެއާފޯސްއިން ނެރުނު ބަޔާނެއްގައި ބުނީ، މިލިޓަރީ ފްލައިޓް ލޮކޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއްވެސް މީހަކު ސަލާމަތްވެފައިވޭތޯ ބަލަމުންދާ ކަމަށެވެ. ފްލައިޓް ގެއްލިފައިވާ އިރަށް ބަލާފައި މިހާރު ފްލައިޓް ވެއްޓިފައިވާ ކަމަށް ނިންމާފައިވާ ކަމަށް އެއާފޯސްގެ ބަޔާނުގައިވެއެވެ.

އެއާފޯސް އިން ބުނީ، ވެއްޓުނު ފްލައިޓްގައި17 ފަޅުވެރިންނާއި 21 ފަސެންޖަރުން ތިބި ކަމަށެވެ. ރެސްކިޔު ޓީމްތަކާއި ގުޅިގެން އެއާފޯސް އިން ދަނީ، ބައެއް މީހުން ސަލާމަތުން ތިބި ކަމުގެ އުއްމީދުގައި އެންމެ ފަހުން ފްލައިޓާއި ގުޅުން ކެނޑުނު ސަރަހައްދު ބަލަމުންނެވެ.

ޗިލީގެ ކާގޯ ފްލައިޓް ދަތުރުކުރީ އެންޓާޓިކާގައި ހުންނަ އެއާފޯސްގެ ބޭސްއަށް ލޮޖިސްޓިކް ސަޕޯޓުގެ އިތުރުން މެއިންޓަނެންސް ސަޕޯޓް ފޯރުކޮށް ދިނުމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
50%
50%
0%
0%
ކޮމެންޓް