ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 12:52
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ހަސަން ސާއިދު އާއި ސަލާމްކުރައްވަނީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ހަސަން ސާއިދު އާއި ސަލާމްކުރައްވަނީ
ޔޫސުފް ސޮފްވާން ރަޝީދު
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
މިސަރުކާރަކީ ހަމައެކަނި ކުޅިވަރު ކުޅޭ ސަރުކާރެއް ކަމަށް ބުނެ އިދިކޮޅުން ދައްކާވާހަކަތަކަށް ރައީސް ރައްދު ދެއްވައިފި
 
ސަރުކަރުން ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ހުރިހާ ކުޅިވަރެއް ތަފާތު ކުރުމެއްނެތި ދޭނެކަމަށް ވިދާޅުވި
 
އަންހެން ކުޅުންތެރިން ގިނަ ކާމިޔާބީތައް ހޯދަމުންދާކަން ފާހަގަކުރެއްވި
 
ކުޅިވަރަށް ސަޕޯޓް ކުރައްވަނީ ކުޅިވަރަކީ ޒުވާނުންނަށް އަދި ޤައުމަށް ފައިދާ ހުރި ކަމަކަށް ވާތީ ކަމަށް ރައީސް ވިދާޅުވި

މި ސަރުކާރަކީ ހަމައެކަނި ކުޅިވަރު ކުޅޭ ސަރުކާރެއް ކަމަށްބުނެ، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ރައްދު ދެއްވައިފިއެވެ.

"ސައުތު އޭޝިއަން ގޭމްސް 2019" ގެ ބައިވެރިވި ރާއްޖޭގެ ބައެއް ޓީމުތައް ރާއްޖެ އައުމުން ޓީމަށް މަރުޙަބާ ކިއުމަށް ރައީސް އޮފީގައި ބޭއްވީ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރަކީ ހަމައެކަނި ކުޅިވަރު ކުޅޭ ސަރުކާރެއް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންދާ ކަމަށާއި ކުޅިވަރަށް ސަޕޯޓްކޮށް އެހީތެރިވަނީ ކުޅޭ ކުޅޭ އެއްޗެއްގެ ގޮތުގައި ނޫންކަން އެފަރާތްތަކަށް ދަންނަވާލަން ބޭނުންވާ ކަމަށެވެ.

ބައެއް ސިޔާސީ ވާދަވެރިން އަޅުގަނޑުމެންނާއި ދިމައަށް ބުނޭ މި ސަރުކާރަކީ ހަމައެކަނި ކުޅިވަރު ކުޅޭ ސަރުކާރެކޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އާޅުގަނޑުމެން ކުޅިވަރަށް ސަޕޯޓް ކުރަނީ އެހީތެރެރިވަނީ ކުޅޭ ކުޅޭ އެއްޗެއްގެ ގޮތުގައެއް ނޫނޭ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު

ރައީސް ވިދާޅުވީ، މި ސަރުކާރުން ކުޅިވަރަށް ސަޕޯޓް ކުރަނީ ކުޅިވަރަކީ ޒުވާނުންނަށާއި، ޤައުމަށް ފައިދާ ހުރި ކަމަކަށް ވާތީ ކަމަށެވެ. އަދި ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމުގެ އިތުރުން އެންމެން އެއްބައި ކުރެވޭ އެއްޗެއްގެ ގޮތުގައި ކުޅިވަރު ފާހަގަ ކުރެއްވޭތީކަމަށެވެ.

އަންހެން ކުޅުންތެރިން ހުރިހާ ކުޅިވަރަކުންވެސް އިތުރު ކާމިޔާބީތައް ހޯމަދުމުންދާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ދެޖިންސު ތަފާތު ކުރުމެއް ނެތި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ވެދޭ އެހީތަކާއި ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ހުރިހާ ކުޅިވަރުތަކަށް ތަފާތު ކުރުމެއްނެތި ދޭނެ ކަމަށެވެ.

އެތްލީޓުން ވަނަތައް ހޯދުމުގައި ޢާއިލާއިން ވި ޤުރުބާނީ އާއި އެސޯސިއޭޝަންތަކުން ކޮށްދެއްވި މަސައްކަތާއި ސްޕޯޓްސް މިނިސްޓްރީން ކުރެއްވި ބުރަ މަސައްކަތް ރައީސް ވަނީ ފާހަގަ ކުރައްވާފއެވެ.

އިތުރަށް ރައީސް ވިދާޅުވީ، ކާމިޔާބެއް ހޯދުމަށްޓަކައި ނިޞްބަތުން ބޮޑު އާބާދީއެއް ނުވަތަ ބޮޑު ޤައުމަކަށް ވާން ނުޖެހޭ ކަން މިއަދު ރާއްޖޭގެ އެތުލީޓުން ސާބިތުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅިވަރަށް އެންމެ ބޭނުންވާ ފެސިލިޓީސްތައް އަދި ރާއްޖޭގައި ނެތް ނަމަވެސް އެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެތުލީޓުންނަށް އެކަށީގެންވާ ތަމްރީނާއި ތަޖުރިބާގެ ފުރުޞަތު ފަހިކުރުމަށް ކޯޗުންނާއި ތަމްރީން ދޭނެ ފަރާތްތައް ހޯދާ އަދި ރާއްޖެއިން ބޭރަށް އިތުރު ތަމްރީނަށް ފޮނުވަންޖެހޭ ނަމަ އެކަންތައްތައްވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޭނުންވަނީ ރަނަގަޅު ޕްލޭނެއް އޮވެގެން ކުރިއަށް ދިއުން. ރަނގަޅު ޓްރޭނިންގއެއް ހޯދައިދިނުން. ފެސިލިތީސްތައް އިތުރުކޮށްދިނުން
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު

ކާމިޔާބު ހޯދުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު އެއްޗަކީ ރިވެތި އަޚްލާގުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރިވެތި އަޚުލާގެއް ނެތްނަމަ ކިތަންމެ ހުނަވެރި ކުއްޖަކަށްވެސް ކާމިޔާބީއާއި ހިސާބަށް ނުދެވޭނެ ކަމަށެވެ.

ވަރަށް ހުނަރުވެރި ކުޅުންތެރިން ފެނިގެންގޮސްފައިވޭ އެހެން ނަމަވެސް ވަކި ހިސާބަކުން ކުޅިވަރާއި ދުރަށް ދާން ޖެހެނީ އެކުދިންގެ އަޚްލާގު ހުންނަ ގޮތުން
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު

އެހެންކަމުން ރަނގަޅަށް ޓްރެއިންނިންގ ކުރުމާއި ރަނގަޅު ސިއްޙަތެއްގައި ހުރުން އެއީ އެންމެ ބޭނުންތެރި އެންމެ މުހިއްމު ދެކަންތައް ކަން ރައީސް ފާހަގަ ކުރައްވައި، ކޯޗުންދޭ ތަމްރީނުތައް ރަނގަޅަށް ކަނުލާ އަޑުއަހައިގެން ކުރިއަށް ދިއުމުން ކާމިޔާބީ ޙާޞިލު ކުރެވޭނެ ކަމަށް ވިދާޅުވެ، އެތުލީޓުންނަށް ނަޞޭޙަތްތެރިވިއެވެ.

މި ޞަރަޙައްދުގައި ބޭއްވެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގައި ރަން މެޑައްޔެއް އެތލީޓަކު ހޯދި ފުރަތަމަ ފަހަރު ކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ސާއިދު އާއި މެޑްލް ހޯދި އެހެން ކުޅުންތެރިންނަށް ރައީސް ވަނީ މަރުޙަބާ ދަންނަވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
75%
0%
0%
0%
25%
ކޮމެންޓް