ހޯމަ 03 އޯގަސްޓު 2020
06 އަހުލިހަ
1441 ޒުލްޙައްޖު 13
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:34
އިރުއޮއްސޭ 18:23
އިޝާ 19:38
ސައުތް އޭޝިއަން ގޭމްސް

ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ބާސްކެޓް ޓީމުން ބައިނަލްއަގުވާމީ މުބާރާތަކުން މެޑަލް ކާމިޔާބު ކޮށްފި

  • މި މެޗު ރާއްޖެ ކާމިޔާބުކުރީ 83 ޕޮއިންޓް 46 ޕޮއިންޓުން

ކ. މާލެ | 10 ޑިސެންބަރ 2019 | އަންގާރަ 10:07 | 2,614

ރާއްޖެ އަދި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން - މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ނޭޕާލުގައި މިހާރު ކުރިޔަށްދާ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓް ބޯޅައިގެ ތިންވަނަ ހޮވާ މެޗުން ބޫޓާން ބަލިކޮށް ރާއްޖޭގެ އަންހެން ބާސްކެޓް ޓީމުން ފުރަތަމަ ބައިނަލްއަގުވާމީ މެޑަލް ހޯދައިފިއެވެ.

ނޭޕާލްގެ ނެޝަނަލް ބާސްކެޓް ބޯޅަ ހޯލުގައި ކުޅުނު މި މެޗު ރާއްޖެ ކާމިޔާބުކުރީ 83 ޕޮއިންޓް 46 ޕޮއިންޓުންނެވެ.

ފުރަތަމަ ސެޓު ފަށައިގެން ބޫޓާނުން އެޓީމު ކުޅުންތެރިންގެ ހަލުވި ސްޕީޑުގައި ރާއްޖެ ކޮޅަށް ގިނަ ޕޮއިންޓް ތަކެއް ހޯދިއެވެ. އެހެން ނަމަވެސް ފުރަތަމަ ކުއާޓަރގެ ވަކި ހިސާބަކުން ރާއްޖެއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ބޫޓާނުން ކުރަމުންދިޔަ އެޓޭކްތައް ހުއްޓުވައި ބޫޓާން ކޮޅަށް ގިނަ ޕޮއިންޓް ތަކެއް ސްކޯ ކޮށްފައެވެ. އެގޮތުން މި ސެޓު ނިމިގެންދިޔައީ 21 ޕޮއިންޓް 14 ޕޮއިންޓުން ރާއްޖެ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ކުއާޓަރ ރާއްޖެއިން ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން ރާއްޖޭގެ ޓީމުގެ އެންމެ ތަޖުރިބާ ކާރު ކުޅުން ތެރިން ކަމަށްވާ ކެޕްޓަން ޝިއުރާ އާއި ރިޝްމާ ވަނީ މި ކުއާޓަރގައި މޮޅު ކުޅުމެއް ދައްކައި ގިނަ ޕޮއިންޓުތަކެއް ސްކޯ ކޮށްފައެވެ. މި ކުއާޓަރ ނިމިގެންދިޔައީ 49 ޕޮއިންޓް 27 ޕޮއިންޓްގެ ތަފާތު ބޮޑު ލީޑަކާއި އެކުގައި ރާއްޖެ ކުރީގައި އޮވެގެންނެވެ. މި ކުއާޓަރޣި ބޫޓާންގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އެގޮތުން ބޫޓާން ކުޅުންތެރިންގެ ފަރާތުން ގިނަ ބޯޅަ ތަކެއް މިސް ވެގެންދިޔައެވެ.

މެޗުގެ ތިންވަނަ ކުއާޓަރގައި ރާއްޖެއިން ވަނީ ސީނިއަރ ކުޅުންތެރިންގެ ބަދަލުގައި ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުޞަތުދީފައެވެ. މި ކުއާޓަރގައި ޒުވާން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މި ކުއާޓަރ ރާއްޖެއިން ނިންމާލީ 69 ޕޮއިންޓް 33 ޕޮއިންޓްގެ ލީޑަކާއި އެކުގައެވެ.

މެޗުގެ ފަހު ކުއާޓަރގައި ދިވެހި ޓީމުގެ ކުޅުންތެރިން ހަމަޖެހިލައިގެން ކުޅުނުއިރު، މި ކުއާޓަރގައި ވެސް ރާއްޖޭގެ ޓީމުން ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީފައެވެ. މި ކުއާޓަރ ނިމިގެންދިޔައީ 83 ޕޮއިންޓް 44 ޕޮއިންޓުންނެވެ.

މިއީ އަންހެން ބާސްކެޓް ބޯޅައިގެ ތާރީޚުގައި ރާއްޖެއިން ހޯދި ފުރަތަމަ މެޑައްޔެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.