ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 00:34
ސަންނަ މަރިން
ސަންނަ މަރިން
ގޫގުލް
ފިންލޭންޑް
ދުނިޔޭގެ އެންމެ ހަގު ބޮޑު ވަޒީރުކަމާއި ދިމާލަށް ފިންލޭންޑްގެ އަންހެނަކު
 
ސަންނަގެ އުމުރަކީ 34 އަހަރު
 
މި ހަފްތާގައި ހުވާކުރައްވާނެ
 
އޭނާ ބޮޑުވެ ވަޑައިގެންނެވީ އެކަނިވެރި މަޔާކާއި އެކު

ފިންލޭންޑުގެ ވާތުފިޔަ ކޯލިޝަންގެ ސޯޝަލް ޑިމްކްރެޓިކުން ހޮވި ވަޑައިގަތް އުމުރުން 34 އަހަރުގެ ސަންނަ މަރިން ހުވާކުރެއްވުމުން އެކަމަނާ ދުނިޔޭގެ އެންމެ ހަގު ބޮޑު ވަޒީރު ކަމަށް ވެގެންދާނެ އެވެ.

މިހާރު އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ސަންނަ ބޮޑު ވަޒީރުކަމުގެ މަގާމަށް އައްޔަންކުރުމަށް ފިންލޭންޑްގެ ގާނޫނު ހަދާ މަޖިލީހުން މި ހަފްތާ ތެރޭގައި ރުހުން ދިނުމުން، އެކަމަނާ ވެގެންދަނީ ފިންލޭންޑްގެ ތާރިހުގައިވެސް ބޮޑު ވަޒީރުކަމުގެ މަގާމު ފުރުއްވާ އެންމެ ހަގު މީހާއަށެވެ. ސަންނަ ބޮޑު ވަޒީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާނީ، ކޯލިޝަން ތެރޭގައި ހަމަނުޖެހުން ބޮޑުވެ ހަމަސް ވަންދެން ބޮޑު ވަޒީރުކަން ކުރެއްވި އެންޓި ރިނޭ ބުދަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ކޯލިޝަންގައި ބާކީ ތިބި ހަތަރު ޕާޓީން ވަނީ، ސަންނަގެ ވަޒީރުކަމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

ޝޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ކައުންސިލްގެ 61 މެމްބަރުން ތެރެއިން ހޮވި ވަޑައިގަތް ސަންނަ ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށެވެ.

ސަންނަ ވިދާޅުވީ، އެއްވެސް އިރަކު އޭނާގެ ޖިންސު ނުވަތަ އުމުރާއި މެދު ނުވިސްނާ ކަމަށެވެ. ފިންލޭންޑުގެ ތިން ވަނަ ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވާނެ ސަންނަ މަރިން ބޮޑުކުރީ އެކަނިވެރި މައެކެވެ. ސަންނަ އަކީ އޭނާގެ އާއިލާގެ މެމްބަރުންގެ ތެރެއިން ޔުނިވާސިޓީ އަށް ދިޔަ ހަމައެކަނި މެމްބަރެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
75%
0%
0%
0%
25%
ކޮމެންޓް