ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 09:49
ސަލްމާން، ކެޓްރީނާ، ބޮޑުވަޒީރު ޝޭހް ހަސީނާއެކު
ސަލްމާން، ކެޓްރީނާ، ބޮޑުވަޒީރު ޝޭހް ހަސީނާއެކު
އިންސްޓަގްރާމް
ސަލްމާން ހާން
ސަލްމާން އާއި ކެޓްރީނާ، ޝޭހް ހަސީނާއާ ބައްދަލުކޮށްފި
 
ސަލްމާން ވަނީ ޝޭހް ހަސީނާ އަށް ތައުރީފް ކޮށްފައި
 
ސަލްމާން އެންމެ އަވަހަށް ފެންނާނީ ދަބަންގް އިން

ބޮލީވުޑްގެ ކުރީގެ ދެ ލޯބިވެރިން، ސަލްމާން ޚާނާއި ކެޓްރީނާ ކައިފް, ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިޚް ހަސީނާއާ ބައްދަލުކޮށްފިއެވެ.

އެ ދެ ތަރިން ވަނީ ދާދީ ފަހުން ބޭއްވި ބަންގްލަދޭޝް ޕްރިމިއަރ ލީގު ހުޅުވުމުގެ ރަސްމިއްޔާތުގައި ޙަރަކާތްތަކެއް ހުށައަޅާފައެވެ.

ދަބަންގެގެ އެކްޓަރު ސަލްމާން ޚާން ވަނީ ޝައިޚް ހަސީނާ އާއި ''ޓައިގަރ''ގެ ކޯ ހޮސްޓް ކެޓްރީނާއާއެކު ނަގާފައިވާ ފޮޓޮއެއް އިންސްޓަގްރާމް ކޮށްފައެވެ. ސަލްމާން އަޕްލޯޑް ކޮށްފައިވާ ފޮޓޯގެ ކެޕްޝަނަކަށް ޖަހާފައިވަނީ ''އަހަންނާއި ކެޓްރީނާ، ބޮޑުވަޒީރު ޝޭހް ހަސީނާއާ އެކު.. މިއީ ލިބުނު ވަރަށް އުފާވެރިކަމެއް އަދި ޝަރަފެއް.'' މިހެންނެވެ.

ސަލްމާން އަދި ކެޓްރީނާގެ ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ބަލާއިރު އުމުރުން 53 އަހަރުގެ ސަލްމާން އެންމެ ފަހުން ކުޅުނު ފިލްމު ''ބާރަތް'' ގައި ކެޓްރީނާއާއެކު ފެނިފައިވާއިރު، ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އެކްޝަން ތްރިލަރ ''ދަބަންގް 3'' އިން ފެންނާނީ ސޮނާކްޝީ ސިންހާގެ އިތުރުން ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ގުނަމުންދާ މަހޭޝް މަންޖަރޭކަރްގެ އަންހެން ދަރިފުޅު ސައީ މަންޖަރޭކަރާ އެކުއެވެ. ޕްރަބޫ ދޭވާ ޑައިރެކްޓްކުރާ އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ސަލްމާން ވަނީ ޕްރަބޫ ދޭވާ ޑައިރެކްޓް ކުރާ ''ރާދޭ ޔުއަރ މޮސްޓް ވޯންޓެޑް ބާއީގެ'' ފިލްމުގެ ޝޫޓިން ފަށާފައެވެ. ސަލްމާން ޚާން ފިލްމްސް ބެނަރގެ ދަށުން އުފައްދާ ފިލްމުން ދިޝާ ޕަޓާނީ، ރަންދީޕް ހޫދާގެ އިތުރުން ޖެކީ ޝްރޮފް ފެނިގެންދާނެއެވެ. އެ ފިލްމު ސިނަމާތުގައި އަޅުވަނީ އަންނަ އަހަރުގެ އީދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް