ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 22:56
ޒޮޒިބީނީ ތޫންޒީ
ޒޮޒިބީނީ ތޫންޒީ
އިންސްޓަގްރާމް
މިސް ޔުނިވާސް
މިސް ޔުނިވާސްގެ މަގާމު ސައުތު އެފްރިކާގެ ރީތީގެ ރާނީއަށް
 
ހާއްސަ އެވޯޑްތައް ޕޮލެންޑާއި، ފިލިޕީންސް އަށް
 
90 ގައުމަކުން ވާދަކުރި

ސައުތު އެފްރިކާގެ ރީތީގެ ރާނީ ޒޮޒިބީނީ ތޫންޒީ އަށް، 2019 ވަަނަ އަހަރުގެ މިސް ޔުނިވާސްގެ މަގާމު ލިބިއްޖެއެވެ.

68 ވަނަ މިސް ޔުނިވާސްގެ މަގާމު ހޮވަން އާދިއްތަ ދުވަހު އެމެރިކާގެ ޖޯޖިޔާ ސްޓޭޓްގެ އެޓްލާންޓާގައި ބޭއްވި ރަސްމިއްޔާތުގައި އުމުރުން 26 އަހަރުގެ ޒޮޒިބީނީ، ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހޯދީ 20 ބައިވެރިންނާއި ވާދަކޮށެވެ. މި ފަހަރުގެ މިސް ޔުނިވާސްގައި 90 ގައުމަކުން ވާދަކުރިއެވެ.

ޒޮޒިބީނީ ބޮލުގައި ރީތީގެ ރާނީގެ ތާޖު އަޅުވައިދިނީ 2018 ވަނަ އަހަރު ރީތީގެ ރާނީގެ މަގާމު ކާމިޔާބު ކުރި ފިލިޕީންސްގެ ކެޓްރިއޯނާ ގްރޭއެވެ. ހާއްސަ އެވޯޑްތައް ކަމަށްވާ ''ބެސްޓް ނެޝަނަލް ކޮސްޓިއުމް'' ފިލިޕީންސްގެ ގަޒީނީ ގަނަޑޮސް ކާމިޔާބު ކުރިއިރު ''މީސް ކޮންގެނިއާލިޓީ'' އެވޯޑް ހޯދީ ޕޮލެންޑުގެ އޮލްގާ ބުލަވާއެވެ.

ސައުތު އެފްރިކާގެ އިސްޓަން ކޭޕް އަށް އުފަންވި ޒޮޒިބީނީ ވަނީ ޕަބްލިކް ރިލޭޝަންސް އެންޑް އިމޭޖް މެނޭޖްމެންޓުން 2018 ވަނަ އަހަރު ޑިގްރީ ހާސިލްކޮށްފައެވެ. ސައުތު އެފްރިކާގެ ރީތީގެ ރާނީގެ މަގާމު ލިބިމުގެ ކުރިން އޭނާ ދިޔައީ ކޭޕް ޕެނިސުއޭލާ ޔުނިވާސިޓީން އޮފް ޓެކްނޮލޮޖީން ބެޗްލަރ އޮފް ޓެކްނޮލޮޖީ ހާސިިލްކޮށް އޮގިލްވީ ކޭޕް ޓައުންގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމެންޓްގައި ގްރެޖުއޭޓް އިންޓާންއެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް