ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 20:45
ޔުވެންޓަސް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ
ޔުވެންޓަސް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ރޮނާލްޑޯ
ޔުވެންޓަސް އަށް ބަދަލުވެވުމުން ހިތާމަކުރަން: ރޮނާލްޑޯ
 
ޔުވެންޓަސް އަށް ބަދަލު ނުވިނަމަ 2018 އަދި 2019 ގެވެސް މޮޅު ކުޅެންތެރިޔާގެ މަގާމު ހޯދާނެކަމަށް ބުނި
 
ރޮނާލްޑޯ ޖުވެންޓަސް އަށް ބަދަލުވެވުނީތީ ހިތާމަކުރޭ
 
މެސީ ވަނީ ރޮނާޅްޑޯއަށް ވުރެ ގިނައިން ބެލޮންޑިއޯ ކާމިޔާބުކޮށްފައި

ފްރާންސް ފުޓްބޯލް އިން ހޮވާ ބެލޮންޑިއޯ އެވޯޑް ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ 6 ވަނަ ފަހަރަށް ހޯދުމުން، ރެއާލްމެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވެވުނީތީ ހިތާމަކުރާކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ރޮނާލްޑޯގެ ކުރީގެ ކްލަބް، ރެއާލްމެޑްރިޑްގެ ބައެއް ކުޅުންތެރިން ގާތުގައި ރެއާލްމެޑްރިޑް ދޫކޮށް އިޓަލީގެ މަޝްހޫރު ކްލަބް ޔުވެންޓަސް އަށް ބަދަލުވެވުނީތީ ހިތާމަ ކުރާކަމަށް ރޮނާލްޑޯ ބުނެފައިވާކަމަށެވެ. އަދި ސްޕެއިންގައި ރެއާލްމެޑްރިޑާއެކު މަޑުކުރެވުނު ނަމަ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2018 އަދި 2019 ވަނަ އަހަރުގައިވެސް ލިބޭނެކަމަށް ގަބޫލުކުރާކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ޔުވެންޓަސް އަށް 2018 ވަނަ އަހަރު ބަދަލުވުމަށްފަހު ރޮނާލޑޮ ބުނެފައިވަނީ ރެއާލް މެޑްރިޑް ދޫކޮށްލީ އިތުރު ޗެލެންޖެއް ބޭނުންވާތީކަމަށެވެ. 2018-19 ވަނަ ސީޒަނުގައި ރޮނާލްޑޯވަނީ 43 މެޗު ޔުވެންޓަސް އަށް ކުޅެ 28 ލަނޑު ކާމިޔާބުކޮށް 10 އެސިސްޓް ހަދާފައެވެ. ރޮނާލްޑޯއަކީ އިޓާލިއަން ސެރީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު 2019 ނެގި ކުޅުންތެރިޔާއެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ހިނގާ 2019-20 ވަނަ ސީޒަނުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން އެދެވޭ ކުޅުމެއް އަދި ފެނިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ކުޅުނު 17 މެޗްގައި ރޮނާލްޑޯއަށް ކާމިޔަބުކުރެވިފައިވަނީ އެންމެ 8 ލަނޑެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން ކެރިޔަރުފެށި ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ޔުނައިޓެޑުން ރޮނާލްޑޯ ބަދަލުވީ ރެއާލް އަށެވެ. އޭނާ އަކީ ރެއާލްގެ ތާރީހުގައިވެސް އެންމެ ގިނަލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ވާއިރު، އޭނާ ވަނީ އެޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައެވެ.

ރެއާލްއާއެކު ހަތަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ ރޮނާލްޑޯ ވަނީ އެޓީމާއެކ ތިން ކްލަބް ވޯލްޑް ކަޕް އަދި ދެ ލީގު ތަށިވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެޓީމަށް ކުޅުނު 438 މެޗުގައި 450 ލަނޑު ކާމިޔާބުކޮށްފައެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައވާ ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު 156 މެޗުގައި 85 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ޔޫރޯވެސް އެޓީމާއެކު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
67%
0%
33%
0%
ކޮމެންޓް