ހުކުރު 24 ޖެނުއަރީ 2020
6 ހުވަން
1441 ޖުމާދަލްއޫލާ 29
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33
ކުޅިވަރު - ަސައުތް އޭޝިއަން ގޭމްސް

ތިންވަނަ ހޮވާ މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެ

  • މި މެޗުން ނޭޕާލް މޮޅުވީ ބާކީ 23 ބޯޅަ އޮއްވާ 5 ވިކެޓުން

އަތޫފް އާތިފް
AthifAthoof

ކ. މާލެ 9 ޑިސެންބަރު 2019 | ހޯމަ 19:31 1,355

ގައުމީ ފިރިހެން ކްރިކެޓް ޓީމް - މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ކްރިކެޓް ތިންވަނަ ހޮވާ މެޗުގައި މުބާރާތް ކުޅޭ ގައުމު އަތުން ރާއްޖެ ބަލިވެ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ނޭޕާލުގެ ޓީޔޫ ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗުން ނޭޕާލް މޮޅުވީ ބާކީ 23 ބޯޅަ އޮއްވާ 5 ވިކެޓުންނެވެ. މި މެޗުގެ ޓޮސް ދިމާވެގެން ރާއްޖެއިން ގަސްދުކުރީ ކުޅެން އެރުމަށެވެ.

ރާއްޖެ އިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 94 ލަނޑެވެ. މިއީ މި މުބާރާތުގައި ރާއްޖެއިން އެންމެ ދަށްކޮށް ދިޔަ އިނިންގްސްއެވެ. މި އިނިންގްސްގައ ރާއްޖެއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ 19 ލަނޑު ހެދި ލީމް ޝަފީގް އާއި މުހައްމަދު ރިޝްވާންއެވެ. ރިޝްފާން ވަނީ 17 ލަނޑު ހަދައިފައެވެ.

ޖަވާބުގައި ނޭޕާލުން ކުޅެން އަރައި 16.1 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ވަނީ 98 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ނޭޕާލުން އެންމެ ރަނގަޅަށް ކުޅުނު އާރިފް ޝެއިހް ވަނީ 32 ލަނޑު ހަދައިފައެވެ. އަދި އެޓީމް ކެޕްޓަން މައްލާ ވަނީ 22 ލަނޑު ހަދައިފައެވެ.

ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން

މި މުބާރާތުގެ ލީގު ބުރުގައި ނޭޕާލް އާއި ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެ މެޗުން ރާއްޖެ ބަލިވީ 79 ލަނޑުންނެވެ. އެ މެޗާއި ހިލާފަށް މި މެޗުގައި ރާއްޖޭގެ ބެޓްސްމަނުންނަށް މާކަ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ނޭޕާލަކީ ދުނިޔޭގެ ކްރިކެޓް ރޭންކިންގެ 17 ވަނައިގައި އޮތް ޤައުމެވެ. ރާއްޖެއިން ވަނީ މި މުބާރާތުގައި ނޭޕާލުގެ އިތުރުން ދުނިޔޭގެ ކްރިކެޓުގެ ގަދަ ބާރުތައް ކަމަށްވާ ބަންގްލަދޭޝް އާއި ސްރީލަންކާގެ 23 އަހަރުންދަށުގެ ޓީމާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން ރާއްޖެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އާދަމް ނާސިފް ބުނީ ރޭންކިންގައި ރާއްޖެއަށްވުރެ ރަނގަޅު ޓީމުތަކާއި ދެކޮޅަށް ކުޅެން ލިބުނު މި ފުރުސަތަކީ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި ޖުމްލަކޮށް ދެއްކުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ

ލީގު އުސޫލުން ކުރިޔަށްދިޔަ ފިރިހެނުންގެ ކްރިކެޓް މުބާރާތުގައި ރާއްޖެއާއެކު ވާދަކޮށްފައިވަނީ ސްރީލަންކާގެ 23 އަހަރުންދަށުގެ ޓީމާއި ބަންގްލަދޭޝްގެ 23 އަހަރުންދަށުގެ ޓީމުގެ އިތުރުން ނޭޕާލާއި ބޫޓާން އެވެ. މި ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަންގްލަދޭޝް އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސްރީލަންކާ ބަލިކޮށްގެންނެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް