ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 19:32
ރާއްޖެއިން ނޭޕާލާއި ދެކޮޅަށް ވާދަކުރި މެޗުގެ ތެރެއިން
ރާއްޖެއިން ނޭޕާލާއި ދެކޮޅަށް ވާދަކުރި މެޗުގެ ތެރެއިން
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ސައުތް އޭޝިއަން ގޭމްސް
ނޭޕާލާއި ދެކޮޅަށް ރަނގަޅު ވާދައެއްކޮށް، ރާއްޖެއިން ތިންވަނަ ހޮވާ މެޗަށް!
 
މި މެޗުގައި ރާއްޖެ އިން ވަނީ މޮޅަށް ކުޅެފައި
 
މި މެޗުން ނޭޕާލް މޮޅުވީ 68 ޕޮއިންޓް 55 ޕޮއިންޓުން

ނޭޕާލުގައި މިހާރު ކުރިޔަށްދާ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ބާސްކެޓް ބޯޅަ ޓީމުން ސެމީ ފައިނަލުގައި މުބާރާތް ބާއްވާ ގައުމު ނޭޕާލް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ.

ނޭޕާލުގެ ނެޝަނަލް ބާސްކެޓް ބޯޅަ ކޯޓުގައި ކުޅުނު މި މެޗުން ނޭޕާލް މޮޅުވީ 68 ޕޮއިންޓް 55 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއިން ޑިފެންސިވް ގޭމްއެއް ކުޅުނުއިރު، ނޭޕާލުން ދިޔައީ ރާއްޖެ ކޮޅަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މި ކުއާޓާގައި ނޭޕާލުން ވަނީ ހަ ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މި ކުއާޓާ ނިމުނީ 19 ޕޮއިންޓް 13 ޕޮއިންޓުން ނޭޕާލު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ކުއާޓާގައި ރާއްޖެ ކުޅުންތެރިންވަނީ ކުޅުން އިތުރަށް ރަނގަޅު ކޮށްފައެވެ. މި ކުއާޓާގައި ރާއްޖޭގެ ކުޅުންތެރިން ނޭޕާލުގެ ޑިފެންސް އަށް ބާރުބޮޑު ކޮށް ރަނގަޅު އޭޓޭކްތަކެއް ކޮށްފައިވެއެވެ. މި ކުއާޓާގައި ނޭޕާލު ކުޅުންތެރިން ވަނީ ގިނަ ތްރީ ޕޮއިންޓް އެޓަމްޕްތަކެއް ކޮށް ކާމިޔާބު ކޮށްފައެވެ. މި ކުއާޓާ ނިމިގެންދިޔައީ 35 ޕޮއިންޓް 27 ޕޮއިންޓުން ނޭޕާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ތިންވަނަ ކުއާޓާ ފެށިގެން ރާއްޖެ ޓީމުގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ފެނިގެން ގޮސްފައިވާއިރު، މި ކުއާޓާގައި ނޭޕާލުން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް، ރާއްޖެ ކޮޅަށް ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފައެވެ. އެގޮތުން މި ކުއާޓާ ނިމިގެންދިޔައީ 55 ޕޮއިންޓް 38 ޕޮއިންޓުން ނޭޕާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ފަހު ކުއާޓާގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ހިތްވަރާއެކު ނޭޕާލްގެ ޑިފެންސްއަށް ބާރު ބޮޑު ކޮށްފައެވެ. އެގޮތުން މި ކުއާޓާގައި ދެވެހި ކުޅުންތެރިން ވަނީ ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފައެވެ. ނަމަވެސް ނޭޕާލުން ގެންދިޔައީ އެޓީމުގެ ލީޑު އެއްވަރެއްގައި ބާއްވަމުންނެވެ. މި ކުއާޓާ ނިމިގެންދިޔައީ 68 ޕޮއިންޓް 55 ޕޮއިންޓުންނެވެ.

މި ނަތީޖާ އާއި އެކު ރާއްޖެއިން މުބާރާތުގެ ތިންވަނަ ހޮވާ މެޗަށް ނިކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ. އަދި މެޗުން މޮޅުވި ނޭޕާލް ފައިނަލުގައި ވާދަކުރަން ޖެހޭނީ ވަރުގަދަ އިންޑިއާއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް