ހުކުރު 25 ސެޕްޓެންބަރ 2020
05 އަތަ
1442 ސަފަރު 07
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:03
އިޝާ 19:14
ޕްލޭނިން މިނިސްޓްރީ

ދެރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ހަވާލުކޮށްފި

  • އެއީ ގއ.ގެމަނަފުށި، ގދ.ރަތަފަންދޫ ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު
  • އެމަސައްކަތް ހަވާލުކުރީ 507،104.00 ރުފިޔާއަށް
  • 18 ހަފްތާއިން މަސައްކަތް ނިންމަންޖެހޭ

ކ. މާލެ | 9 ޑިސެންބަރ 2019 | ހޯމަ 15:18 | 1,550

އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން - ޔޫސުފް ސޮފްވާން ރަޝީދު

ދެރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ޑީޓެއިންޑް ޑިޒައިންނާއި އެންވަޔަރަމަންޓަލް އިންފެކްޓް އެސެސްމަންޓް (އީއައިއޭ) ތައްޔާރުކުރުމުގެ މަސައްކަތް ކުންފުންޏާކާ ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮތް ރަސްމިއްޔާތެއްގައި ގއ. ގެމަނަފުށި އަދި ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ޑީޓެއިންޑް ޑިޒައިންގެ އީއައިއޭ ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރީ ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

މިއެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެއެވެ. އަދި ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އިންޖިނިއަރ އަބްދުﷲ ނައުޝާދެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޝާނާ ވިދާޅުވީ ޑިޒައިންގެ މަސައްކަތްތަކާއި، އެންވަޔަރަމަންޓަލް އިންފެކްޓް އެސެސްމަންޓް ހެދުމުގެ އިތުރުން ކޮމިއުނިޓީ ކޮންސަލްޓޭޝަން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 507،104.00 ރުފިޔާއަށް 18 ހަފްތާއިން ނިންމާ ގޮތަށްށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.