ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 13:36
ފުލުހުން ބަލަމުންދާތަނެއްގައި ޓެޕް ދަމާފައި-
ފުލުހުން ބަލަމުންދާތަނެއްގައި ޓެޕް ދަމާފައި-
ރާއްޖެ އެމްވީ
މަރުވެފައި އޮތް މީހަކު ފެނުން
ގެއެއްގެ ޓެރަހުގައި މީހަކު މަރުވެފަ އޮތްވާ ފެނިއްޖެ
 
ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 11:18 ގައި

މައްޗަންގޮޅި ގެއެއްގެ ޓެރަހުގައި މީހަކު މަރުވެފައި އޮތްވައި ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ، ހޯމަ ދުވަހުގެ ހެނދުނު 11:18 އެހާކަންހާރު، މައްޗަންގޮޅި ގެއެއްގެ ޓެރަހުގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު، އެގެއަށް ފުލުހުން ގޮސް ބެލިއިރު، އެމީހާގެ އަނގައިން ފޮނުއަރާފައިވާ ކަމަށާއި، އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން ބުނީ އޭނާ އެގޭގެ ޓެރަހުން ތިރިއަށް ބޭލުމަށްޓަކައި އެމްއެންޑީއެފްގެ އެހީތެރިކަން ހޯދައި، އޭނާ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށާއި، އޭނާއާ ބެހޭ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިމައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، އެމީހާ މަރުވެފައި އޮތްވާ ފެނިފައިވަނީ، މއ. ޓޮމާޓޯ ގޭގެ ޓެރެސް މަތީގަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް