ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 13:12
އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
ޔޫސުފް ސޮފްވާން ރަޝީދު
އެންވަޔަރަންމަންޓް މިނިސްޓްރީ
އެންވަޔަރަންމަންޓް މިނިސްޓަރު ސްޕެއިންގެ މެޑްރިޑަށް ފުރާވަޑައިގެންފި
 
ވިހަގަސް ބޭރުންކުރުން މަދުކުރުމަށް ގޮވާލާނެ
 
މިމަހުގެ 02 އިން 13 އަށް ކޮންފަރެންސް ކުރިއަށްދޭ
 
ޔުނައިޓެޑް ނޭޝަންސްގެ މޫސުމާ ބެހޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ

އދ ގެ މޫސުމާ ބެހޭ ކޮންފަރެންސް، ކޮޕް25 ގައި ބައިވެރިވެވަޑައިގަތުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން އާދިއްތަ ދުވަހުގެ ރޭ ސްޕެއިންގެ މެޑްރިޑަށް ފުރާވަޑައިގެންފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަހުގެ 02 އިން 13 އަށް މެޑްރިޑްގައި ކުރިއަށްދާ މި ކޮންފަރެންސްގައި މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެ ފަރާތުން ވަކާލާތުކުރާނެ ކަމަށެވެ.

އެގޮތުން ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ، ކުޑަ، ޖަޒީރާ ޤައުމަކަށްވުމުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ހުރިކަމާއި، އޭގެ މުހިއްމުކަން ހާމަކޮށް ޖައްވަށް ބޭރުވާ ވިހަގަސް ބޭރުންކުރުން މަދުކުރުމަށް ބޭރު ޤައުމުތަކުން އެއްބާރުލުން ހޯދުމަށް ގޮވާލާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ދުނިޔޭގެ މޫސުމާބެހޭ މި ބޮޑު ބައްދަލުވުމުގައި 200 ޤައުމަކުން ޖުމްލަ 25000 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް