އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - ފިޝަރީޒް އެކްސްޕޯ

ފިޝަރީޒް އެކްސްޕޯ ވަރަށް ކާމިޔާބު: ފިޝަރީޒް މިނިސްޓްރީ

  • މި އެކްސްޕޯގައި ޖުމްލަ 14 ފަރާތަކުން ވަނީ ބައިވެރިވެފައި
  • އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސް ސޯލިހް
  • މިއީ މި އެކްސްޕޯ ރާއްޖޭގައި ބޭއްވި ތިންވަން ފަހަރު

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 9 ޑިސެންބަރު 2019 | ހޯމަ 12:36 1,356

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ފިޝަރީޒް އެކްސްޕޯ ބައްލަވާލައްވަނީ - ރައީސް އޮފީސް

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ފިޝަރީޒް އެކްސްޕޯ ވަރަށް ކާމިޔާބު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ އަހްމަދު ފަޒީލް ވިދާޅުވީ، މި އެކްސްޕޯއަށް 1700 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރި ކަމަށާއި އެކްސްޕޯގެ ތެރެއިން ވަރަށް ރަނގަޅު އުފެއްދުންތަކެއް ދައްކާލެވުނު ކަމަަށެވެ. މި އެކްސްޕޯގެ ތެރެއިން ހަމައެކަނި ފެނިގެންދިޔައީ މަހުގެ އުފެއްފުން ނޫންކަން ފާހަގަކުރައްވާ ފަޒީލް ވިދާޅުވީ މަސްވެރިކަމުގައި ބޭނުންކުރާ ތަފާތު އެކި ވަޞީލަތްތައް އެކްސްޕޯގެ ތެރެއިން ފެނިގެންދިޔަ ކަމަށެވެ. މީގެތެރޭގައި އައިސް އުފައްދާ މެޝިނާއި، އެން ހޯދުމަށް ބޭނުންކުރާ އާލަތްތައް ފަދަ ތަކެތި ހިމެނޭ ކަމަށެވެ.

ފަޒީލް އިތުރަށް ވިދާޅުވީ އެކްސްޕޯގައި ބައިވެރިވިން ވަރަށް ހިތްހަމަޖެހުނު ކަމަށެވެ. އަދި އެފަރާތްތަކުން އެކްސްޕޯ ސިފަކޮށްފައިވަނީ އެމީހުންގެ އުފެއްދުންތައް ދައްކާލުމަށް،ރަނގަޅު ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށެވެ. އަދި މި އެކްސްޕޯގެ ސަބަބުން މަސްވެރިންނަށް ވެސް މަސްވެރިކަމުގައި ބޭނުންކުރާ ފަހުގެ ޒަމާނީ އާލަތްތަކާއި ބެހޭ މަޢުލޫމާތު ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙެވެ.

މި އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަހުގެ އުފެއްދުންތަކާއި، މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ބައެއް އީޖާދީ އުފެއްދުންތަކުގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވާލައްވައި އެކްސްޕޯގެ ބައިވެރިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ފިޝަރީޒް އެކްސްޕޯ އާއި ގުޅޭ ގޮތުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ މި އެކްސްޕޯގެ މަޤްޞަދަކީ މަސްވެރިކަމުގައި ބޭނުންކުރާ ތަފާތު އާލާތްތަކާއި ވަޞީލަތްތަކާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އެއްފުރާޅެއްގެ ދަށުން އައު ޓެކްނޮލޮޖީތައް ފެނިގެންދިއުން ކަމަށެވެ. އަދި ދިވެހި ކުންފުނިތަކުގެ އުފެއްދުންތައް އެންމެހާ ފަރާތްތަކަށް ހާމަކޮށްދިނުން ކަމަށެވެ.

މި މަހުގެ 6 އިން 8 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި ޖުމުލަ 14 ފަރާތަކުން ބައިވެރިވިއެވެ.

އެންސިސް އިން ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ މި އެކްސްޕޯގައި އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ބޭރުގެ ކުންފުންޏަކުން ވެސް ވަނީ ބައިވެރިވެފައެވެ. މިއީ މި އެކްސްޕޯ ރާއްޖޭގައި ބޭއްވި ތިންވަން ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް