އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޔޫރަޕުގެ މީޑިއާ ޓީމެއް ރާއްޖެއަށް!

  • މި ދަތުރުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ތަފާތު ތިން ރިސޯޓުގައި
  • އެމްއެމްއާރްޕީއާރްސީ ވަނީ ޖަރުމަންވިލާތަށް ހާއްސަކޮށްގެން ތަފާތު މާކެޓިންގ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި
  • ޖަރުމަންވިލާތަކީ 3 ވަނަ އަށް އެންމެ ގިނަ ފަތުވެރިން ޒިޔާރަތް ކުރާ ޤައުމު

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 9 ޑިސެންބަރު 2019 | ހޯމަ 13:28 1,537

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އައިސްފައިވާ ޓީމް - އެމްއެމްޕީއާރްސީ

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހިންގާ ފެމިލަރައިޒޭޝަން ޕްރޮގުރާމުގެ ދަށުން ޔޫރަޕުގެ ޤައުމުތައް ނިޞްބަތްވާ މީޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެމްއާރްޕީއާރްސީން ބުނީ މި ދަތުރުގައި ބައިވެރިވަނީ އޮސްޓްރޭލިއާ، ސުވިޒަލޭންޑް، އަދި ޖަރުމަނުގެ ނޫސްތަކަށް ލިޔާ އިސް ލިޔުންތެރިން ކަމަށެވެ. އެމްއެމްޕީއާރްސީން ބުނީ މިދަތުރުގައި ބައިވެރިވެފައިވަނީ މަޝްހޫރު ޕަބްލިކޭޝަންތައް ކަމަށްވާ ރުހްރ ނަހްރިކްޓެން، މެއިން ޕޯސްޓް، ފުލްޑާރް ޒެއިންޓުންގް، ރެއިސްޓިޕް އަދި މިގްރޯސް މެގަޒިން އަށް ނިޞްބަތްވާ ނޫސްވެރިން ކަމަށެވެ.

މި ދަތުރުގައި ބައިވެރިން މަޑުކުރާނީ ތަފާތު ތިން ރިސޯޓެއްގައެވެ. އެއީ، ޔޫ އެންޑް މިއީ ބައި ކޮކޫން، މޯލްޑިވްސް ރެސިޑެންސް އާއި މޯލްޑިވްސް ދިގުރަށް ޕުލްމަން މާމުޓާއެވެ. މި ރިސޯޓް ތަކުން ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ތަފާތު ރެސްޓޯރެންޓުތަކުން ކެއުންތަކުގެ ރަހަތައް ތަޖުރިބާ ކުރުމާއި، ޑޮލްފިން ކްރޫޒްގެ އިތުރުން ސްޕާގެ ޚިދުމަތްވެސް ތަޖުރިބާކުރުމުގެ ފުރުޞަތު ދޭނެކަމަށް އެމްއެމްޕީއާރްސީން މަޢުލޫމާތުދެއެވެ.

އެމްއެމްޕީއާރްސީން ވަނީ ޖަރުމަންވިލާތަށް ޚާއްސަކޮށްގެން ތަފާތު މާކެޓިންގ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ބޫޓް ޑުސަލްޑޯފް ފެއަރ، އައިޓީބީ ބާރލިން، ޒިއުރިކްގެ ފެސްޕޯ ފެއަރގައި ބައިވެރިވުމުގެ އިތުރުން ރޯޑްޝޯވ ތައް ވެސް ކުރިއަތް ގެންގޮސްފައިވެއެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ ނިޞްބަތަށް ބަލާއިރު ޖަރުމަންވިލާތަކީ 3 ވަނަ އަށް އެންމެ ގިނަ ފަތުވެރިން ޒިޔާރަތް ކުރާ ޤައުމެކެވެ. ޖަރުމަންވިލާތު، އޮސްޓްރިއާ، އަދި ސުވިޒަލޭންޑުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެއްލައްކަ ފަންސާސް އެއްހާސް ހަތަރު ސަތޭކަ ސާދަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ފޭމް ޓްރިޕްގެ ދަށުން ރާއްޖެ އަންނަ ޓީމުތަކުގެ ބައިވެރިން ދަތުރު ނިންމާލުމަށްފަހު އެނބުރި ޤައުމަށް ގޮސް ރާއްޖޭގެ ފަތުރުވެރިކަމާއި އަދި ރާއްޖެއާއި ބެހޭގޮތުން ލިޔުންތައް ޝާއިޢު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

އެންމެ ފަހުގެ

ކޮމެންޓް