ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 13:54
އަލިފާނުގެ ޙަދިސާ ހިނގި ތަނަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފަ
އަލިފާނުގެ ޙަދިސާ ހިނގި ތަނަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފަ
ނިއުޔޯކް ޓައިމްސް
އިންޑިއާ އަލިފާނުގެ ޙާދިސާ
ދިއްލީ އަލިފާނުގެ ޙާދިސާގައި 40 މީހުން މަރުވެއްޖެ
 
ޙާދިސާ ހިނގި އިރު، އިމާރާތުގެތެރޭގައި ތިބި މީހުންގެ ތެރެއިން 60 މީހުން ސަލާމަތް ކުރެވުނު
 
އަލިފާނުގެ ޙާދިސާ ހިނގި އިރު އެއިމާރާތުގެ ތެރޭގައި 100 އަށް ވުރެ ގިނަ މުވައްޒަފުން ނިދަން ތިބި
 
އަލިފާނުގެ ޙާދިސާ ހިނގީ އިއްޔެ ފަތިހު އިންޑިއާ ގަޑިން 05:22 ގައި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ކާރުޚާނާއެއްގައި އާދީއްތަ ދުވަހު ހިނގި އަލިފާނުގެ ޙާދިސާއެއްގައި 40 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ޚަބަރުފަތުރާ ގޮތުގައި، އިއްޔެ ފަތިހު އިންޑިއާ ގަޑިން 05:22 ގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވަނި ދަބަސް އުފައްދާ ކާރުކާނާއެއްގައެވެ.

ދިއްލީގެ ބައިބޯ "އާޒާދު މާރކެޓް" ޞަރަޙައްދުގައި ހުންނަ މި ކާރުޚާނާގައި އަލިފާނުގެ ޙާދިސާ ހިނގި އިރު އެއިމާރާތުގެ ތެރޭގައި 100 އަށް ވުރެ ގިނަ މުވައްޒަފުން ނިދަން ތިއްބެވެ. އަދި 60 މީހުން ސަލާމަތްތެރިކަމާއެކު އިމާރާތުން ބޭރަށް ނެރެވުނު ކަމަށް އިންޑިއާގެ ފަޔަރ ފައިޓަރުންނާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.

މި ކާރުޚާނާއަކީ ޤާނޫނާއި ޚިލާފަށް ހިންގަމުން އަންނަ ކާރުޚާނާއެއް ކަމަށާއި، ކާރުޚާނާ ހިންގާ ޢިމާރާތުގައި އަލިފާނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ލައިސަންސް ނެތް ކަމަށް ޚަބަރުތައް ބުނެއެވެ. އިންޑިއާގެ ވިޔަފާރި ކުންފުނިތަކުގެ ޤާނޫނު ބުނާ ގޮތުން ނަމަ، ކާރުޚާނާތަކުގައި ސަރުކާރު ޤަބޫލު ކުރާ ފެންވަރުގެ، އަލިފާނުން ރައްކާތެރިވުމުގެ މިންގަޑު އަންގައިދޭ ލައިސަންސް އޮންނަން ޖެހެއެވެ. މި ލައިސަންސް ނެތި އެއްވެސް ކާރުޚާނާއެއް ކުންފުންޏެއް ނުހިންގޭނެއެވެ.

ތިން ބުރީގެ މި ޢިމާރާތުގެ ފުރަތަމަ އަލިފާން ހިނފީ އިމާރާތުގެ ފުރަތަމަ ފަންގި ފިލާގައި ކަމަށާއި، އޭގެ ފަހުން އަލިފާން ކޮންޓްރޯލް ނުވެ މުޅި ޢިމާރާތައް އަލިފާން ފެތުރުނީ ކަމަށް ފަޔަރ ފައިޓަރުން ބުނެއެވެ.

އާންމު ގޮތެއްގައި ސްކޫލް ބަސް އުފައްދާ މި ކާރުޚާނާގައި މަސައްކަތް ކުރާ މުވައްޒަފުން ސަލާމަތްކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރީ ދިއްލީ ސިޓީ ޕޮލިސްގެފަޔަރ ފައިޓަރުންނެވެ. މި މަސައްކަތުގައި ޙަރަކާތްތެރިވި އެއް ފަޔަރ ފައިޓަރު ކަމަށްވާ "ރާޖޭޝް ޝުކްލާ ވަނީ އަމިއްލަ ފުރާނަޔަށް ބެލުމެއް ނެތި ކާރުޚަނާގައި ތާށިވެފައި ތިބި 11 މުވައްޒަފުން އަމިއްލަ މަސައްކަތުން ސަލާމަތްކޮށްފައެވެ. ހީރޯއެއްގެ ގޮތުގައި އިންޑިއާގައި އިއްޔެ ސިފަ ކުރި ޝުކްލާ އަށް ވަނީ މިމީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ބޮޑެތި ޒަޚަމްތަކެއް ލިބިފައެެވެ.

ދަބަސް އުފައްދާ ކާރުޚާނާގައި އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ. ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ، މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ވިހާވެސް އަވަހަށް ތަޙުޤީޤުކޮށް، މިކަމުގައި އިހުމާލުވީ ފަރާތްތައް އިންސާފުގެ މޭޒުދޮށަށް ހާޟިރުކުރަން ކަމާބެހޭ ފަރާތްތަކައް އަމުރު ކުރައްވާފައެވެ.

އިއްޔެގެ މިހާދިސާ މޯދީ ސިފަ ކުރައްވާފައިވަނީ، ބިރުވެރި ނާމާން ކަމެއްގެ ގޮތުގައެވެ. މޯދީވަނީ މިޙާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ޒަޚަމްވީ މީހުންނަށް އަވަސް ޝިފާއަށް އެދޭކަމަށް ވިދާޅުވެ އެމަނިކުފާނުގެ އިހުސާސްތަކާއި ޝުއޫރުތައް އަމިއްލަފުޅު ޓްވިޓަރ އެކައުންޓްގައި ހިއްސާކުރައްވާފައެެވެ. އަދި މިޙާދިސާގައި ސީދާގޮތުންނާއި ، ނުސީދާގޮތުން ގެއްލުން ލިބުނު ޢާއިލާތަކަށް ކަމާއި ބެހޭ ފާރާތްތަކުން ވެވެން އޮތް އެހީއެއް ވެދެއްވާނެކަމަށް މޯދީ ވަނީ ވަޢުދުވެވަޑައިގެންފައެެވެ.

ނިއު ދިއްލީގައި ހިގައިނދިޔަ ނުރައްކާތެރި އަލިފާނުގެ މިޙާދިސާއާއި ގުޅިގެން މައި ސަރުކާރާއި ޞަރަޙައްދީ ސަރުކާރުގެ ވަޒީރުންނާއި، އިސް މަސްއޫލުވެރިންގެ އިތުރުން ސިޔާސީ އިސް ފަރާތްތަކުން ދަނީ މިކަމާއި ހިތާމައާއި، ކަންބޮޑުވުން ފާޅުކުރައްވާ، އެ ޙާދިސާގައި ގެއްލުންވީ ފަރާތްތަކާއި ޙާލުގައި ޖެހުނު ފަރާތްތަކައް އެހީތެރިވުމަށް ހުރިހައި ފަރާތްތަކަށް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
0%
100%
0%
0%
ކޮމެންޓް